މަސްވެރިކަމާއި ގުޅޭ

024139-fif 6 bx 9 vc aahg 0 f

ހިތަދޫ ގޭދޮށު މަސްޕްލާންޓް އަޅަން އަނެއްކާވެސް ހަވާލު ކޮށްފި

އައްޑޫ ހިތަދޫ ގޭދޮށު މަސްޕްލާންޓް އަޅަން ދެވަނަ ފަހަރަށް ހަވާލު ކޮށްފިއެވެ.

ދެވަނަ ފަހަރަށް މި ޕްރޮޖެކްޓް ހަވާލު ކުރީ، ފުރަތަމަ ފަހަރު މަސައްކަތް ހަވާލު ކުރި ކުންފުންޏަށް އެ މަސައްކަތް ނުކުރެވުމުންނެވެ. ކުރިން މި މަސައްކަތް ހަވާލު ކޮށްފައި ވަނީ، މިދިޔަ އަހަރު އެލްނާތު މޯލްޑިވްސް އާއެވެ. އެއީ ހަ މިލިއަން ރުފިޔާގެ މަޝޤރޫއެކެވެ.

މިފަހަރު އެ މަސައްކަތް ހަވާލު ކުރީ ސީބޮކްސް ޕްރައިވެޓް ލިމިޓެޑާއެވެ.

އައްޑޫ ކައުންސިލް އިދާރާގައި އިއްޔެ ކުރިއަށް ދިޔަ ރަސްމިއްޔާތުގައި، ކައުންސިލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އައްޑޫ މޭޔަރު އަލީ ނިޒާރެވެ.

އަންނަ އަހަރު މެދުތެރެއިން ނިމޭ ވަރަށް އެގްރިމެންޓްކޮށް ހަވާލު ކުރި މި މަޝްރޫގެ އަގަކީ 14.4 މިލިއަން ރުފިޔާއެވެ. އޭގެ ތެރޭގައި ހިމެނެނީ އިންޑިޔާގެ ހިލޭ އެހީ ޕްރޮގްރާމުގެ ދަށުން ދިން 5.8 މިލިއަން އާއި ސީބޮކްސް ޕްރައިވެޓް ލިމިޓެޑުން ހަރަދުކުރާ 8.6 މިލިއަންއެވެ.

އައްޑޫ ސިޓީގެ ހުޅުދޫއާއި މަރަދޫގައި ވެސް ގޭދޮށު މަސް ޕްލާންޓް އެޅުމަށް ވަނީ ހަމަޖެހިފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!