މަސްވެރިކަމާއި ގުޅޭ

240527980_4386540064772808_303830955345047170_n

މަސްވެރިއަކަށް ސްޓްރޯކެއް ޖެހިފައި ވަނިކޮށް ހޮސްޕިޓަލަކުން ވަރަށް އިހާނެތިކޮށް ކަންތައް ކޮށްފި

މަސްވެރިއަކަށް ސްޓްރޯކެއް ޖެހިފައި ވަނިކޮށް ހޮސްޕިޓަލަކުން ވަރަށް އިހާނެތިކޮށް ކަންތައް ކޮށްފައިވާ ކަމަށް މިނޫހަށް އެނގިއްޖެއެވެ.

އެކަމުގެ މައުލޫމާތު ލިމުބާއެކު މި ނޫހުން ބެލި ބެލުމުން، ހާލިދު (އަސްލު ނަމެއް ނޫން) އާމެދު ހުޅުމާލެ ހޮސްޕިޓަލުންނާއި އައިޖީއެމްއެޗް އިން ވެސް  ކަންތައް ކޮށްފައި ވަނީ ވަރަށް އިހާނެތިކޮށް ކަން ވަނީ ޔަގީން ކުރެވިފައެވެ.

ހާލިދަށް ސްޓްރޯކެއް ޖެހުނީ އޭނާ އެންދަމަން ފައިބާ އުޅެނިކޮށެވެ. އޭގެ ސަބަބުން ހާލިދު ކޯމާއަކަށް ދިޔައެވެ. ކޯމާގައި އޮވެ މަހެއްހާ ދުވަހަށް ފަހު، ހާލިދު ހޭއަރައި، އާއްމު ހާލަތަށް ދިޔައެވެ. އޭރު ބާއްވާފައި އޮތީ އައިޖީއެމްއެޗް ހޮސްޕިޓަލުގައެވެ. ކުޑަކަމުދާއިރު ހާލިދަށް އުނދަގޫތަކެއް ކުރިމަތިވި ނަމަވެސް އައިޖީއެމްއެޗް އަކަށް އެއީ ކީއްވެ ވާ ކަމެއް ކަން ހޯދިފައެއް ނެތެވެ. އަދި ސްޓްރޯކް ޖެހުމަށްފަހުވެސް އެންމެ ފަހު އޮޕްޝަން އަކަށް ނޫނީ ނުކުރާ ފަދަ ކަންކަން އެ ހޮސްޕިޓަލުން ވަނީ ކޮށްފައެވެ. އެކަން އެނގުނީ ހާލިދު އިންޑިޔާގެ އަމްރިތާ ހޮސްޕިޓަލަށް ގެންދިއުމުންނެވެ.

އިތުރު ފަރުވާއަށް ހާލިދު ބޭރަށް ގެންދިއުމަށް ޑޮކްޓަރު ލިޔުން ނުދިނުމުން އާސަންނަ ނުލިބުނު ނަމަވެސް ހާލިދު ގޮވައިގެން އޭނާގެ އާއިލާއިން ބޭރަށް ދިޔަކަން މި ނޫހަށް ވަނީ ކަށަވަރު ވެފައެވެ. ހާލިދުއަށް އާސަންދަ ލިބުނީ ބޭރަށް ގޮސް ހުއްޓައެވެ. ނަމަވެސް އާސަންދަ ލިބުނީ ވަކި މުއްދަތަކަށެވެ. އެ ފަރުވާއަކީ ރާއްޖެއިން ދެވޭ ފަރުވާއެއް ކަމަށް ބުނެ އާސަންދަ ކަނޑާލުމުން، ހާލިދު ގޮވައިގެން އާއިލާއިން މާލެ އައީ މިދިޔަ މަހުގެ ފަހުކޮޅު ކަމަށް މި ނޫހުން ބެލި ބެލުމުން ވަނީ އެނގިފައެވެ.

މާލެ އައުމަށްފަހު އައިޖީއެމްއެޗްއަށް ނުގެންދަން ވެގެން ހާލިދުގެ ގެންގޮސްފައި ވަނީ ހުޅުމާލޭ ހޮސްޕިޓަލަށެވެ. ނަމަވެސް އެ ހޮސްޕިޓަލުންވެސް ކަންތައް ކުރީ ވަރަށް އިހާނެތި ގޮތަކަށެވެ. ހާލިދަށް އެޑްމިޓްކޮށްގެން ފަރުވާ ދިނުމަށް ހޮސްޕިޓަލުން އުޒުރުވެރި ވިއެވެ. ނަމަވެސް އެތަނުގައި އެވަގުތު ތިބި ބަޔަކު އެކަމާ ނުރުހުންވެ، ޑޮކްޓަރުންނާ ވާހަކަ ދެއްކުމުން، އެންމެ ފަހުން ހޮސްޕިޓަލުގައި އެޑްމިޓް ކުރީ ކަމަށް މަންޒަރު ދުއް ފަރާތަކުން މި ނޫހަށް ކިޔައިދިނެވެ.

ހޮސްޕިޓަލުގައި ހާލިދު ބޭއްވި ނަމަވެސް ހޮސްޕިޓަލުން ކަންތައް ކުރަނީ 'މިވަގުތުވެސް ފޮނުވާލަން ބޭނުންވާ' ފަދަ ގޮތަކަށެވެ.

ހުޅުމާލޭ ހޮސްޕިޓަލުގައި މިވަގުތު އޮތް ހާލިދުގެ ކަނާތްފަޅީގައި ވާގި ނެތް ކަމަށާއި ޔޫރިން އިންފެކްޝަން އަދިވެސް އުފެދިފައި ވާކަމަށް މިނޫހަށް ވަނީ ކަށަވަރު ވެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!