މަސްވެރިކަމާއި ގުޅޭ

acc

ރާއްޖެފަދަ ގައުމުތަކަށް އެއް ގޮތަށް ވުރެ ގިނަ ގޮތްގޮތުން މަސްވެރިކަން މުހިންމު: ޔޫއެން

ރާއްޖެފަދަ ގައުމުތަކަށް އެއް ގޮތަށް ވުރެ ގިނަ ގޮތްގޮތުން މަސްވެރިކަން މުހިންމު ކަމަށް ޔޫއެން މޯލްޑިވްސް އިން ބުނެފިއެވެ.

ޔޫއެން މޯލްޑިވްސް އިން ބުނީ ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކުގެ އިގްތިޞާދީ ކުރިއެރުމަށާއި، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ އިތުރުން ދެމެހެއްޓެނިވި ދިރިއުޅުމަކަށް ވާސިލުވުމަށް މަސްވެރިކަމުގެ ސިނާއަތު ވަރަށް މުހިއްމު ކަމަށެވެ.

މި އަހަރަކީ 'އާޓިސަނަލް ފިޝިންގ' އަދި 'އެކުއާކަލްޗަރ'އަށް ބައިނަލްއަގްވާމީ ގޮތުން ހާއްސަ ކޮށްފައިވާ އަހަރު ކަން ފާޔަހަ ކުރަމުން ޔޫއެން މޯލްޑިވްސް އިން ބުނީ ދުޅަހެޔޮ ދިވެހި މުޖުތަމައެއް ބިނާކުރުމަށް ދެމެހެއްޓެނިވި މަސްވެރިކަން ކުރިއެރުވުމަށް ހިންގާ އެންމެހާ މަޝްރޫޢުތަކަށް އ.ދ.ގެ އެހީތެރިކަން ލިބޭނެކަން ޔަގީންކުރާ ކަމަށެވެ.

ކޮވިޑްގެ ބަލިމަޑުކަމުގައި ވެސް މަސްވެރިކަމުގެ ސިޔާއަތް ނުހުއްޓި ކުރިއަށް ދިޔަ ކަމާއި، އެ ސިނާއަތް ކުރިއަރުވަން ޖެހޭނެކަމަށް ބައެއް ވަޒީރުން ވިދާޅުވިއެވެ. ނަމަވެސް މަސްވެރިކަމުގެ ސިނާއަތަށް މާ ބޮޑު ކުރިއެރުންތަކެއް ހޯދައިދިނުމަށް ސަރުކާރުންވެސް މަސައްކަތް ކުރާތަނެއް ނުފެނެއެވެ.

މަސްވެރިކަމަކީ ދިވެހިންގެ ލޭނާރަށް ވާއިރު، މަސްވެރިކަން އިތުރު ހަރުފަތަކަށް ގެންދިއުމަށް އެހީތެރިވެދީ މަސައްކަތް ކޮށްދިނުމަށް މަސްވެރިން ދަނީ ކެނޑިނޭޅި އަޑު އުފުލަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!