މަސްވެރިކަމާއި ގުޅޭ

gaafaru

ގާފަރުގައި ގާއިމުކޮށްފައިވާ އައިސްޕްލާންޓް ހިންގަން މިފްކޯއަށް

ކ. ގާފަރުގައި ގާއިމުކޮށްފައިވާ އައިސްޕްލާންޓް ހިންގަން މިފްކޯއާ ހަވާލުކޮށްފިއެވެ.

މިދިޔަ ބުދަ ދުވަހު އައިސްޕްލާންޓް މިފްކޯއާ ހަވާލު ކޮށްފައި ވާއިރު، ބުރާސްފަތިދުވަހުން ފެށިގެން ހިދުމަތް ލިބޭނެކަމަށް ގާފަރު ކައުންސިލުން ވަނީ ބުނެފައެވެ.

ގާފަރު އައިސްޕްލާންޓް ހުޅުވާފައި ވަނީ، މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހާ ގުޅުވައިގެން، ޑީސެމްބަރު 10 ވަނަ ދުވަހު، ހަތަރު ރަށެއްގައި އައިސްޕްލާންޓް ހުޅުވިއިރުއެވެ.

ގާފަރު އައިސްޕްލާންޓް ހުޅުވައިދެއްވީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.

ގާފަރުގައި ތަރައްގީ ކޮށްފައި ވަނީ 25 ޓަނުުގެ އައިސްޕްލާންޓެކެވެ. ގާފަރު އައިސްޕްލާންޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފިޝަރީޒް  މިނިސްޓްރު ޑރ. ހުސައިން ރަޝީދު ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ހަވާލުވި އިރު ރާއްޖޭގައި ދުވާލަކަށް އުފެދެނީ 16000 ޓަނުގެ އައިސް ކަމަށާއި، މި ސަރުކާރުން އިތުރު 100 ޓަނު އައިސް އުފެއްދޭނެ ގާބިލުކަން އިތުރުކޮށްފައި ވާކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!