މަސްވެރިކަމާއި ގުޅޭ

Untitled-1

ކުޅުދުއްފުށީގައި އާމްދަނީ ހޯދުމަށް މަސްވެރިކަން ކުރާ މީހުންގެ ދަފްތަރެއް އެކުލަވާލަނީ

ކުޅުދުއްފުށި ސިޓީގައި އާމްދަނީ ހޯދުމަށް މަސްވެރިކަން ކުރާ މީހުންގެގެ ދަފްތަރެއް އެކުލަވާލަން އެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

އެ ކައުންސިލުން ހޯމަ ދުވަހު ކުރި އިއުލާނެއްގައި ބުނީ، ކުޅުދުއްފުށީގައި އާމްދަނީ ހޯދުމަށް މަސްވެރިކަން ކުރާ ފަރާތްތަކުން، ލިންކު މެދުވެރިކޮށް ރަޖިސްޓްރީ ވުމަށް އެދޭ ކަމަށެވެ.

އަދި ލިންކް މެދުވެރިކޮށް ރަޖިސްޓްރީވުމަށް ދަތިވާ ފަރާތްތަކުން ކައުންސިލް އިދާރާއަށް ގޮސްގެން ރަޖިސްޓްރީވުމަށް ކައުންސިލުން ވަނީ އެދިފައެވެ.

ލިންކު މެދުވެރިކޮށް ރަޖިސްޓްރީ ވާން ހުޅުވާލާފައި ވަނީ މިދިޔަ ހޯމަ ދުވަހުން ފެށިގެން، މި މަހުގެ 20 ވަނަ ދުވަހުގެ މެންދުރުފަހު 2:00ގެ ނިޔަލަށެވެ. އަދި ކައުންސިލަށް ގޮސްގެން ރަޖިސްޓްރީވާން ބޭނުންވާ މީހުނަށް އެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 19 އަދި 20 ވަނަ ދުވހުގެ މެންދުރުފަހު 1:00 އިން 2:00 އަށެވެ.

އޮންލައިންކޮށް ރަޖިސްޓްރީ ވާނީ ތިރީގައިވާ ލިންކުން ކަމަށް އެ ކައުންސިލުގެ ބަޔާނުގައިވެއެވެ:

https://forms.gle/7euwvpn4KuAqE1VM9

މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ފަރާތުން ދިވެހިރާއްޖޭގެ މަސްވެރިންގެ ދަފުތަރު އިތުރަށް ހަރުދަނާ ކުރުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމުގެ ބޭނުމަށް ބައެއް ކައުންސިލް ތަކުން މިހާރު ދަނީ މަސްވެރިންގެ ދަފްތަރު އެކުލަވާލުމުގެ މަސައްކަތް ކުރަމުންނެވެ.

އެގޮތުން މ. މަޑުއްވަރީ މަސްވެރިންގެ މައުލޫމާތު ހޯދުމަށް އެ ކައުންސިލުން ވަނީ މިިދިޔަ މަހުގެ ފަހުކޮޅު އިއުލާނު ކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!