މަސްވެރިކަމާއި ގުޅޭ

0974EF0B-CFA4-447D-9119-7453946D46AF

ދެކޭގޮތް ބަދަލުވެ، އަންހެނުން މިހާރު ކައިވެނި ކުރަންވެސް ބޭނުމީ މަސްވެރިންނާ!

މަސްވެރިކަމާ މެދު ދެކޭގޮތް ބަދަލުގެ، ރާއްޖޭގެ އަންހެނުން މިހާރު ކައިވެނި ކުރަން ވެސް ބޭނުމީ މަސްވެރިއެއް ކަމަށް ސިފަކޮށް ސޯޝަލް މީޑިއާގައި މީހަކު ޝުރޫއު ފާޅުކޮށްފިއެވެ.

މީގެ ކުރިން 'ހަޑި' މަސައްކަތެއްގެ ގޮތުގައި މަސްވެރިކަން ސިފަކޮށް، ކުދިން ސްކޫލުގައި ނުކިޔެވުމުން ދެން ދާން ޖެހޭނީ މަހަށް ކަމުގައި ބުނެ ޓީޗަރުންވެސް މަސްވެރިކަން އޭރު ދެކުނީ ދަށް ކަމެއްގެ ބައެއް މީހުން ދެކެއެވެ.

ނަމަވެސް މަސްވެރިކަމާމެދު ދެކޭގޮތް ބަދަލުކޮށްލައި، ޒުވާން ދުވަސްވަރު މަސްވެރިކަމަށް ނުކުމެ، ދިމާވި ގޮންޖެހުންތައް ގިރާކޮށް މަސްވެރިކަން ޒުވާނުންނަށް ޕްރޮމޯޓް ކުރަން އެންމެ ކުރީ ސަފުގައި އުޅުނު އެކަކަށް، ޒުވާން މަސްވެރިޔާގެ ނަމުގައި މަޝްހޫރުވި ހަސަން ސާޖިން ވާނެއެވެ.

ސޯޝަލް މީޑިޔާގައި ޝުއޫރު ފާޅުކުރި މީހަކުވެސް ވަނީ އެކަން ފާހަގަ ކޮށްފައެވެ. އޭނާ ކޮށްފައިވާ ޕޯސްޓެއްގައި ވަނީ، މަސްވެރިކަމުގެ މޫނުމަތި ބަދަލުކޮށް، މަސްވެރިކަމަކީ ރީތި މަސައްކަތެއްގެ ގޮތުގައި މީހުނަށް ދައްކަން މަސައްކަތް ކުރާ 'ޒުވާން މަސްވެރިޔާ'އަށް ހިތްވަރު ދީފައެވެ.

އޭގެ އިތުރުން، ޒުވާން ޖީލު މަސްވެރިކަމަށް އަހުލުވެރި ކުރުވުމަށް އޭނާ ގޮވާލިއެވެ.

މަސްވެރިކަމުގެ ތަސްވީރު ބަދަލުވެއްޖެ ކަމަށް ބުނަމުން އޭނާ ފާހަގަ ކުރި ގޮތުގައި މިހާރު މަސްވެރި ކަމުގައި ހަރަކާތްތެރި ވަނީ އިލްމީ، ގާބިލު އަދި ބޮޑު އާމްދަނީއެއް ލިބޭ 'ފިޓް، ސްމާޓް' ބައެއް ކަމަށެވެ.

ގދ. ފަރެސްމާތޮޑާ އަކީ ހީވާގި ޒުވާނުން މަސްވެރިކަމުގައި އުޅޭ ރަށެއްކަން އޭނާ ވާނީ ފާހަގަ ކޮށްފައެވެ.

"މި ޒުވާނުންނަކީ ބަލައިލަން ރީތި، ފިޓް، ސްޕޯޓީ، އަދި ސްމާޓް ބައެއް. މިރަށު އަންހެން ކުދިންވެސް ބޭނުންވަނީ ރަށުގެ މަސްވެރިންނާ ކައިވެނި ކުރަން" އޭނާ ލިޔެފައިވެއެވެ.

އޭނާ ފާހަގަ ކުރި ގޮތުގައި އެންމެ ދަށް އާމްދަނީއެއް ލިބޭ މީހާއަށް ވެސް ހަފްތާއަކު 6000-11000 އާއި ދޭތެރޭ ލިބޭނެ ކަމަށެވެ. ބައެއް މީހުނަށް އެވްރެޖްކޮށް 25000 އިން މަތިން ލިބޭނެކަމަށް އޭނާ ބުންޏެވެ. އެހެންކަމުން މަސްވެރިއަކާ ކައިވެނި ކޮށްގެން ވެސް ހަމަޖެހޭ ދިރިއުޅުމެއް އުޅެވޭނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!