މަސްވެރިކަމާއި ގުޅޭ

catherin

ދިއްގަރު ރިހާކުރުގައި އެރަށުގެ މެހެމާންދާރީގެ ރަހަ ވެސް ހިމެނޭ: ކެތެރިން

މ. ދިއްގަރު ރިހާކުރުގައި އެރަށުގެ މެހެމާންދާރީގެ ރަހަ ވެސް ހިމެނޭ ކަމަށް ޔޫއެންޑީޕީގެ ރެޒިޑެންޓް ކޯޑިނޭޓަރ ކެތެރިން ހޭސްވެލް ބުނެފިއެވެ.

ރާއްޖޭގައި ލޯކަލް ޓޫރިޒަމް ފެށުމުގެ ގޮތުން ފުރަތަމަ ފަތުރުވެރިންނާއެކު ކެތެރިން ވެސް ދިއްގަރަށް ދިޔައެވެ. އެ ދަތުރަށް ފަހު ކެތެރިން ކުރި ޕޯސްޓެއްގައި ބުނީ، ރިހާކުރު ކެއްކުމުގައި އިސްކޮށް ހަރަކާތްތެރިވާ މީހުނާ ދިމާވެފައިވާ ކަމަށެވެ.

'ދަ ރިހާކުރު އައިލެންޑް' ގެ ނަމުން މަޝްހޫރު ވެފައިވާ ދިއްގަރުން ރައްޔިތުންގެ މެހެމާންދާރި އާއި ހިތްހެޔޮކަން ކެތެރިން ވަނީ ފާހަގަ ކޮށްފައެވެ.

ރިހާކުރު ކެއްކުމުގައި މަހުގެ އެއްވެސް ބައެއް ބާކީ ނުކުރާކަމަށާއި މުޅި މަސް ބޭނުން ކޮށްގެން ކައްކާ ރިހާކުރު ބޭރުގެ މާކެޓަށް ވިއްކާކަމަށް އޭނާވެސް ބުންޏެވެ.

ރާއްޖެއަށް ލޯކަލް ޓޫރިޒަމް ތައާރަފް ކުރުމާއެކު، އެއާ ވިދިގެން މަސްވެރިކަން ވެސް ކުރިއެރުވުމަކީ ޓޫރިޒަމަށް ވެސް ލިބޭނެ އިތުރު ފައިދާއެއް ކަމަށް މަސްވެރިން ދަނީ ބުނަމުންނެވެ.

މަސްވެރިކަމާއި މަސްކެއްކުން އަދި ރިހާކުރު ކެއްކުމަކީވެސް ފަތުރުވެރިން ޝައުގުވެރިވާ އަދި ބަލައިލާ ހިތްވާ ކަމެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!