މަސްވެރިކަމާއި ގުޅޭ

30DDA9BA-DFE5-430F-8F78-398EAEBCE577

ސީޝެލްސްގެ އެންމެ ބޮޑު ދަޅުމަސް ބަންދުކުރާ ކާރުޚާނާގައި ސޯލާ ޕެނަލް ހަރުކުރަނީ

ދުނިޔޭގެ އެންމެ ބޮޑު މަސްދަޅު ބަންދު ކުރާ ކާރުޙާނާތަކުގެތެރޭގައި ހިމެނޭ، އިންޑިއަން އޯޝަން ޓޫނާ ކާރުޙާނާގައި ސޯލަރ ޕެނަލް ހަރުކޮށް، ތިމާވެއްޓާއި ރައްޓެހިގޮތަކަށް އޮޕަރޭޝަންތަށް ކުރިއަށް ގެންދިޔުމަށް ނިންމައިފިއެވެ.

ތައި ޔޫނިއަން ގުރޫޕުން ސީޝެލްސްގައި ޤާއިމްކޮށްފައިވާ މި ކާރުޙާނާގައި އަވިން ހަކަތަ އުފެއްދުމަށް ސޯލަރ ޕެނަލް ހަރުކުރުމުގެ މަސައްކަތް މިއަހަރުގެ އޮގަސްޓުމަހުގެތެރޭގައި ފެށިގެންދާނެއެވެ. މި މަޝްރޫއަށް 300،000 ޔޫރޯ ޚަރަދު ކުރުމަށް ވަނީ ނިންމާފައެވެ.

މި ސޯލަރ ޕެނަލްތަކުން، ފެކްޓްރީގައި ބޭނުންކުރާ ޖުމްލަ ކަރަންޓުގެ 30 އިންސައްތަ ކަވަރ ކުރާނެއެވެ. އަދި މި ކަރަންޓު ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އެ ކާރުޙާނާގެ ކޯލްޑު ސްޓޯރޭޖް ފެސިލިޓީއަށެވެ. މިއީ އެ ކާރުޙާނާގައި އެންމެ ގިނަ އަދަދަކަށް ކަރަންޓު ބޭނުންކުރާ ފެސިލިޓީއެވެ.

"އިންޑިއަން އޯޝަން ޓޫނާ" ކާރުޙާނާއަކީ ދަޅުގައި މަސް ބަންދުކުރާ ދުނިޔޭގެވެސް އެންމެ ބޮޑެތި ކާރުޙާނާތަކުގެތެރޭގައި ހިމެނޭ ތަނެކެވެ. މިއީ ސީޝެލްސްގައި އެންމެ ގިނަ އަދަދަކަށް ކަރަންޓު ބޭނުންކުރާ ކާރުޙާނާއެވެ.

މި ކާރުޙާނާގެ 60 އިންސައްތަ ހިއްސާއަކީ ތައި ޔޫނިއަން ގްރޫޕްގެ ހިއްސާއެވެ. ބާކީ 40 އިންސައްތަ ހިއްސާއަކީ ސީޝެލްސް ސަރުކާރުގެ ހިއްސާއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!