މަސްވެރިކަމާއި ގުޅޭ

shark-attack-file (1)

މިދިޔަ އަހަރުތެރޭ މިޔަރު ހަމަލާ ދީގެން އެންމެ ގިނަ އަދަދަކަށް ރިޕޯޓުކޮށްފައިވަނީ މި ސިޓީއިން

މީހުންނަށް މިޔަރު ހަމަލާ ދީގެން މިދިޔަ އަހަރުތެރޭ އެންމެ ގިނަ އަދަދަކަށް ރިކޯޑު ކުރެވިފައިވަނީ އެމެރިކާގެ ފްލޮރިޑާ ސްޓޭޓުގެ ވޮލޫޝިއާ ކައުންޓީން ކަމަށް ދަ އިންޓަރނޭޝަނަލް ޝާކް އެޓޭކް ރިޕޯޓުން ދައްކައިފިއެވެ.

އެގޮތުން ވޮލޫޝިއާ ކައުންޓީގައި މިދިޔަ އަހަރު އެފަދަ 17 ހާދިސާއެއް ރިޕޯޓުކޮށްފައިވެއެވެ. މުޅި ދުނިޔެއިން ރިޕޯޓުކޮށްފައިވަނީ 137 ހާދިސާއެވެ.

ވޮލޫޝިއާ ކައުންޓީގައި މިޔަރު ހަމަލާ ދިނުމުގެ ހާދިސާތައް މިވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މީގެކުރިން މިޔަރު ހަމަލާ ދިނުމުގެ ހާދިސާތައް އާއްމުގޮތެއްގައި ރިޕޯޓުކޮށްފައިވަނީ އަހަރެއްގެ މައްޗަށް އެވްރެޖްކޮށް 9 ހާދިސާއެވެ. އެހެންކަމުން މިދިޔަ އަހަރު މި އަދަދި މިވަނީ ގާތްގަނޑަކަށް ދެ ގުނައަށް އިތުރުވެފައެވެ.

ވުލޫޝިއާ ކައުންޓީއިން ހާމަކުރާގޮތުގައި އެ ކައުންޓީގެ ބީޗުތަކަށް ކޮންމެ އަހަރެއްގައިވެސް މިލިއަނުން ގުނާލެވޭ އަދަދުތަކަށް ފަތުރުވެރިން އަންނަ ކަމަށެވެ. ހާއްސަކޮށް ޑޭޓޯނާ ބީޗާއި، އޯމޮންޑު ބީޗު އަދި ބިތުން ބީޗަކީ ފަތުރުވެރިންގެ މެދުގައި މަޤްބޫލް މަންޒިލްތަށް ކަމަށެވެ. މިހާ ގިނަ މީހުން ބީޗުތަކަށް އައިސް މޫދަށް އެރި އުޅުމުގެ ތެރޭގައި މިޔަރު ހަމަލާ ދިނުމުގެ ހާދިސާތަށް ހިނގާފައިވާ ކަމަށެވެ.

އިންޓަރނޭޝަނަލް ޝާކު އެޓޭކް ފައިލުގެ ރިޕޯޓުގައި މިޔަރު ހަމަލާ ދިނުމުގެ ހާދިސާތައް ވަނީ ދެ ކެޓަގަރީއަކަށް ބަހާލާފައެވެ. އެ ދެ ކެޓަގަރީއަކީ މިޔަރަށް ކޮންމެވެސް ކަހަލަ ކަމެއް ކުރުމުން އޭތި ހަމަލާ ދިނުމާއި، މިޔަރަށް އުނދަގުލެއް ނުކުރަނީސް، ނޭގި ހުއްޓާ މިޔަރު އައިސް ހަމަލާ ދިނުމެވެ. އެގޮތުން މިދިޔަ އަހަރުތެރޭ ރިޕޯޓުކޮށްފައިވާ 137 މިޔަރުގެ ހަމަލާގެތެރެއިން 73 ހަމަލާއަކީ މިޔަރަށް އުނދަގުލެއްް ނުކުރަނީސް މިޔަރު އައިސް މީހުންނަށް ދީފައިވާ ހަމަލާ ތަކެކެވެ.

ދުނިޔޭގައި މިޔަރު ހަމަލާ ދިނުމުގެ ހާދިސާތަށް ރިޕޯޓުކޮށްފައިވާ އަދަދު މިދިޔަ އަހަރުތެރޭ ވަނީ އިތުރުވެފައެވެ. އެގޮތުން 2020ވަނަ އަހަރު ރިޕޯޓުކޮށްފައިވަނީ މިޔަރު ހަމަލާ ދިނުމުގެ 57 ހާދިސާއެވެ. މީގެ ސަބަބެއް ކަމަށް ބެލެވެނީ ޕެންޑަމިކްއާއި ގުޅިގެން ބޭރަށް ނިކުމެ އުޅޭ މީހުންގެ އަދަދުތަށް މަދުވުމެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!