މަސްވެރިކަމާއި ގުޅޭ

FKq5DKzXIAU2OzS

ކުނިވެ އުކާލެވިފައިވާ މަސްތަކުގެ ފޮޓޯތަކެއެ، ގިނަ ބައެއްގެ ކަންބޮޑުވުން

ދުނިޔޭގެ އެންމެ ބޮޑެތި މަސްބޯޓުތަކުގެ ތެރޭގައި ހިމެނޭ ބޯޓަކުން، ކަނޑަށް ގިނަ އަދަދެއްގެ މަރުވެފައިހުރި މަސް ދޫކޮށްލުމުން، ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެޓްލާންޓިކް ކަނޑުގެ ފްރާންސޭސިވިލާތާއި ކައިރިއަށް ލައްކައަކަށްވުރެ ގިނަ މަރުވެފައިވާ މަސްތަށް އަޅާލާފައިވާތީ، މިކަމާއި ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރާ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މަސް ބޯޓުތަކުން ބުނަމުންދަނީ މިއީ އެކްސިޑެންޓެއް ކަމަށެވެ.

މިކަމާއި ގުޅޭ ފޮޓޯތަށް ސޯޝަލް މީޑިއާގައި އާއްމުވެފައިވާއިރު، މަތިން ބަލާލާއިރު ސިފަވަނީ ކަނޑުގައި ފޮނު އުފެދިފައި ހުރި ހެންނެވެ.

މި ހާދިސާ ހިނގަން މެދުވެރިކޮށް ކިޔާދެމުން "ދަ ޕެލާޖިކް ފްރީޒް ޓްރޯލަރ އެސޯސިއޭޝަން"  އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިމަހުގެ 3ވަނަ ދުވަހު ފަތިހުގެ ވަގުތެއްގައި މާރުގިސް ވެސަލްއިން މަސް ހިފަން ގެންގުޅޭ ދާގަނޑު ހަލާކުވެ ގިނަ އަދަދެއްގެ މަސް ކަނޑަށް ދޫވެފައިވާ ކަމަށެވެ. އަދި މިފަދަ ހާދިސާތަށް މިހާތަނަށް ހިނގާފައިވަނީ ވަރަށް މަދުން ކަމަށާއި، މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ކަމަށް ބެލެވެނީ މާ ގިނަ އަދަދަކަށް މަސް ދާނގަޑުގައި ތާށިވުމުން ކަމަށް ބެލެވޭ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އަދި މި މަހަކީ ދާގަނޑު ބޭނުންކޮށްގެން އާއްމުކޮށް ހިފާ ބާވަތުގެ މަހެއް ކަމަށާއި، މިއީ ބައި ކެޗް މަހެއް ނޫން ކަންވެސް ޕީއެފްއޭއިން ހާމަކުރެއެވެ.

މި ހާދިސާއާއި އެކު ދާގަނޑު ބޭނުންކޮށްގެން ބެލުމެއް ނެތި ގިނަ އަދަދެއްގެ މަސްތަށް ކަނޑުތަކުން ބާނަމުންދާކަން ހާމަވާކަމަށްބުނެ، ގިނަ ބަޔަކުދަނީ ނުރުހުން ފާޅުކުރަމުންނެވެ. އަދި ތިމާވެއްޓާއި ރައްޓެހި ގޮތްތަށް މަސްވެރިކަން ކުރަން ޖެހިފައިވާ ކަމަށްވެސް އާއްމުންދަނީ ބުނަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!