މަސްވެރިކަމާއި ގުޅޭ

_123221978_9085becc-d620-4f83-b6dc-d384efb59c8a

އަންޑާ ވޯޓާ ފޮޓޯގްރާފާ އޮފް ދަ އިޔަރ، ރާއްޖޭގައި ނަގާފައިވާ ފޮޓޯއެއްް ހުށަހެޅި ފަރާތަށް

"އަންޑާ ވޯޓާ ފޮޓޯގްރާފާ އޮފް ދަ އިޔާ 2022" އެވޯޑު ރާއްޖޭގެ ކަނޑުއަޑީގެ  ފޮޓޯއެއް ހުށަހެޅި ފަރާތަށް ލިބިއްޖެއެވެ.

މި އަހަރުގެ އަންޑާ ވޯޓާ ފޮޓޯގްރާފާ އޮފް ދަ އިޔާ ހޯދާފައިވަނީ ސްޕެއިންގެ ފޮޓޯ ގުރާފަރެއްކަމަށްވާ ރަފައެލް ފެރްނާންޑޭޒް ކަބަރެއްލޯއެވެ. އޭނާ މުބާރާތަށް ހުށަހަޅާފައިވަނީ ރާއްޖޭގެ ކަނޑުގެ އަޑީގެ ފެހުރިހީގެ މަންޒަރުތައް ދައްކުވައިދޭ ފޮޓޯއެކެވެ.

މި ފޮޓޯއަށް އޭނާ ދީފައިވާ ނަމަކީ "ޑާންސިންގ ވިތް ދަ ޖަޔަންޓްސް އޮފް ދަ ނައިޓް"އެވެ. މި ފޮޓޯ އިން ފެނިގެން ދަނީ ރޭގަނޑުގެ ވަގުތެއްގައި ދޯންޏަކުން މޫދަށް ދިއްކޮށްފައިވާ އަލިގަނޑުގެ އެހީގައި، 5 ފެހުރިހި ޕްލޭންކްޓޮން ކާ މަންޒަރެވެ.

އޭނާގެ ފޮޓޯ އެއްވަނައަށް ހޮވިފައިވަނީ 71 އެޤައުމަކުން ހުށަހަޅާފައިވާ 4200 ފޮޓޯގެ ތެރެއިންނެވެ.

އެވޯޑުގެ ޖަޖުންގެ ޕެނަލުން ހާމަކުރާގޮތުގައި މި ފޮޓޯގައި އަލީގެ އެހީގައި މަސްތަށް ސިފަކޮށްދީފައިވާ ގޮތް ވަރަށް ފުރިހަމަ ކަމަށެވެ.

1965ވަނަ އަހަރުން ފެށިގެން، ކޮންމެ އަހަރަކު އެއްފަހަރު ބާއްވާ އަންޑާ ވޯޓާ ފޮޓޯގްރާފާ އޮފް ދަ އިޔާ އެވޯޑަކީ، ކަނޑާއި، ކޯރުތަކާއި، އަދި ސްވިމިންގ ޕޫލުތަކުގެ އަޑީގެ މަންޒަރުތަކަށް ޙާއްސަ އެވޯޑެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!