މަސްވެރިކަމާއި ގުޅޭ

4c8e7add13bbe6f2befe3822bbc2aee4

ސިޑްނީގައި މިޔަރެއް ހަމަލާ ދިނުމުގެ ސަބަބުން މީހަކު މަރުވެއްޖެ

އޮސްޓްރޭލިއާގެ ސިޑްނީގައި މިޔަރެއް ހަމަލާ ދިނުމުގެ ސަބަބުން މީހަކު މަރުވެއްްޖެއެވެ.

ސިޑްނީގެ ލިޓްލް ބޭ ބީޗުގައި މިފަދަ ހާދިސާއެއް ނުހިނގާތާ މިހާރު 60 އަހަރު ވެއްޖެއެވެ. އެހެން ކަމުން މި ހާދިސާ ވެފައިވަނީ ގިނަ ބަޔަކަށް ބޮޑު ސިހުމެއް ގެނުވި ކަމަކަށެވެ.

މި ހާދިސާ ހިނގި ސަރަޙައްދުން ފުލުހުންވަނީ ހަށިގަނޑުގެ ބައެއް ބައިތަށް ހޯދާފައެވެ. މިިޔަރެއް ހަމަލާ ދިނުމުގެ ހާދިސާއައި ގުޅިގެން ލިޓްލް ބޭ ބީޗު އަދި އެސަރަޙައްދާއި ކައިރި ބީޗުތަށްވަނީ 24 ގަޑިއިރަށް ބަންދުކޮށްފައެވެ.

ލިޓްލް ބޭ ބީޗަކީ ގިނަ އަދަދެއްގެ ބަޔަކު މޫދަށް ގޮސް އުޅޭ ހިސާބެކެވެ. ޙާއްސަކޮށް އާއިލާތައް އެކުގައި ވަގުތު ހޭދަކުރުމަށް ދާ ތަނެއް ކަމަށް ޙަބަރުތައް ބުނެއެވެ.

މިޔަރު ހަމަލާ ދިނުމުގެ ހާދިސާ ހިނގި ވަގުތު އެ ބީޗުގައި ތިބި ބައެއް މީހުންވަނީ އެމަންޒަރު ވީޑިއޯކޮށްފައެވެ. އަދި މިހާރު ސޯޝަލް މީޑިއާގެ އެކި ޕްލެޓުފޯމްތަކުގައި މި ވީޑިއޯތައް ދަނީ ދައުރުވަމުންނެވެ.

ފްލޮރިޑާ މިއުޒިއަމްގެ އިންޓަރނޭޝަނަލް ޝާކު އެޓޭކް ފައިލުގެ ތަފާތު ހިސާބުތައް ދައްކާގޮތުން އޮސްޓްރޭލިއާއަކީ ދުނިޔޭގައި ދެވަނައަށް އެންމެ ގިނަ އަދަދަކަށް މިޔަރު ހަމަލާ ދިނުމުގެ ހާދިސާތައް ހިނގާ ޤައުމެވެ. ލިސްޓުގެ އެއްވަނައިގައި އުޅެނީ އެމެރިކާއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!