މަސްވެރިކަމާއި ގުޅޭ

184411

ހަށިގަނޑު ގުޅިފައިވާ ނިބޫ ދެ ވެލާ މަރުވެއްޖެ

މިދިޔަ ނޮވެމްބަރުމަހު ތުރުކީއިން ފެނުނު، ހަށިގަނޑު ގުޅިފައިވާ، ނިބޫ ދެ ވެލާ މަރުވެއްްޖެއެވެ.

'ކޮޓޮން' އާއި 'ކޭލް' ގެ ނަން ދީފައިވާ މި ދެ ވެލާ ބަލަމުން އައިސްފައިވަނީ ޔުނިވަރސިޓީ ލެބޯޓްރީއެއްގައެވެ. ވެލާތައް މަރުވެފައިވަނީ ބައެއް ގުނަވަންތައް ހުއްޓުމަކަށް އައުމާއި ގުޅިގެން ކަމަށް އެ ޔުނިވަރިސޓީން މައުލޫމާތުދެއެވެ.

ވެލާތައް ދުނިޔޭގައި ބެހެއްޓުމަށްޓަކައި ގިނަ ފަރުވާތަކެއްް ވަނީ ދީފައެވެ. އެހެން ނަމަވެސް ހަށިގަނޑު ގުޅިފައިވާގޮތުން، ހެދިބޮޑުވުމުގައި ގިނަ ދަތިތަކެއް ދިމާވެ، ބައެއް ގުނަވަންތައް މަސައްކަތް ކުރުން ހުއްޓުމަކަށް އައީއެވެ.

ވެލާތައް ލެބޯޓްރީގައި ދެމުން ދިޔަ ފަރުވާތަކާއި އެކު ފުރަތަމަ ކޮޅު ގިނަ ކުރިއެރުންތަކެއް ލިބުނެވެ. އެގޮތުން ބަރުދަން އިތުރުވެ، ހެލިފެލިވެ އުޅޭ މިންވަރުވެސް އިތުރުވިއެވެ.

މިގޮތަށް ހަށިގަނޑު ގުޅިފައިވާ ނިބޫ ވެލާ މިހާތަނަށް ފެނިފައިވަނީ ވަރަށް މަދުންނެވެ. އަދި މިކަމާއި ގުޅޭ ދިރާސާތައްވެސް ސައިންސްވެރިންދަނީ ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!