މަސްވެރިކަމާއި ގުޅޭ

8AEF09A7-BECE-4F7B-8B2E-090B730434D0

ސިޑްނީގެ ކަނޑުގެ އައްސޭރިފަށުން މިޔަރު ފެންނަ މިންވަރު ވަރަށް ބޮޑަށް އިތުރުވެއްޖެ

އޮސްޓްރޭލިއާގެ ސިޑްނީގެ ކަނޑުގެ އައްސޭރިފަށުން މިޔަރު ފެންނަ މިންވަރު ވަރަށް ބޮޑަށް އިތުރުވެއްޖެއެވެ.

ކަނޑުއަޑީގެ ފޮޓޯ ނަގާ ފަރާތެއް ކަމުގައިވާ އެލް މެކްގްލަޝަން ބުނާގޮތުން ފާއިތުވީ 30 އަހަރުދުވަހުގެތެރޭ އެންމެ ގިނަ އަދަދަކަށް މިިޔަރު ފެންނަމުން ދަނީ މިދުވަސްވަރުގައެވެ. އަދި މިއީ އެންމެންވެސް ސަމާލުވާން ޖެހޭ ކަމެއް ކަމަށް އޭނާ ބުނެއެވެ.

މިޔަރު ފެންނަ މިންވަރު އިތުރުވާކަމަށް ކަނޑުއަޑީގެ ފޮޓޯ ނަގާ ފަރާތުން ބުނެފައިވާއިރު، މިމަހުގެ 16ވަނަ ދުވަހު ސިޑްނީގެ މަޝްރޫހު ބީޗެއްގައި މޫދަށް އެރިއުޅުނު މީހަކަށް މިޔަރެއް ހަމަލާދިނުމުގެ ސަބަބުން ވަނީ މަރުވެފައެވެ. މިއީ މިފަދަ ހާދިސާއެއް ފާއިތުވީ 60 އަހަރުތެރޭ ހިނގި ފުރަތަމަ ފަހަރެވެ.

ސިޑްނީގެ ކަނޑުގެ ސަރަހައްދުގައި މިޔަރު ގިނަވެފައިވާ ކަމުގެ ޝަކުވާ މަސްވެރިންވެސް ދަނީ ކުރަމުންނެވެ. އެގޮތުން މަސްވެރިކަމުގައި އުޅޭއިރު މިޔަރު ހިފޭ ކަމާއި، ބާނާ މަހަށް މިޔަރު ހަމަލާދީފައި ހުންނަ ކަން މަސްވެރިންދަނީ ފާހަގަކުރަމުންނެވެ.

މެކްގްލާޝަން ބުނާގޮތުން، ކަނޑުގެ ލޮނުގަނޑު ހޫނުވުމާއި އެކު އައްސޭރިފަށަށް އަންނަ މިޔަރުގެ އަދަދުތަށް މިހާރުދަނީ އިތުރުވަމުންނެވެ. މިއާ އެކު މިކަމުގެ ނުރައްކާ އާއްމުންނަށްވަނީ ބޮޑުވެފައެެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!