މަސްވެރިކަމާއި ގުޅޭ

prothomalo-english_import_media_2017_04_07_b01d2dc4a0e44a4221ed6c5e76f85903-hilsa-fish_0

ބަންގްލަދޭޝްގެ އެންމެ މަޤްބޫލް މަސް ހިފުން ވަގުތީގޮތުން މަނާކޮށްފި

ބަންގްލަދޭޝްގައި އެންމެ މަޤްބޫލް މަހުގެ ބާވަތްކަމަށްވާ ހިލްސާ މަސް ހިފުން އެޤައުމުގެ 6 ޑިސްޓްރިކްޓެއްގައި ވަގުތީގޮތުން މަނާކޮށްފިއެވެ. ކޯރުމަހެއް ކަމަށްވާ ހިލްސާ މަސް ހިފުން މަނާކޮށްފައިވަނީ 2 މަސް ދުވަހަށެވެ.

މިއީ އެ ބާވަތުގެ މަހުގެ އާބާދީ އިތުރުކުރުމަށްޓަކައި އެޤައުމުގެ ސަރުކާރުން ނިންމި ނިންމުމެކެވެ. ބަންގްލަދޭޝްގެ ފިޝަރީޒް އެންޑް ލައިވް ސްޓޮކް މިނިސްޓްރީން މިކަމާއި ގުޅޭގޮތުން ނެރެފައިވާ ނޫސް ބަޔާނެއްގައިވާގޮތުން، ހިލްސާ މަސް ހިފުން މަނާކޮށްފައިވަނީ ބްރިޝަލް، ޗަންދްޕޫރު، ލަކްޝްމީޕޫރު، ބޯލާ، ޝަރިއާޓްޕޫރު އަދި ޕަޓުއާކަލީގައެވެ.

މި އެންގުމާއި ހިލާފުވާ ފަރާތްތައް 5000 ޓާކާއިން ޖޫރިމަނާކުރުން ނުވަތަ އެއް އަހަރު ދުވަހުގެ ޖަލު ހުކުމަކާއި ކުރިމަތިލާން ޖެހެއެވެ. ބަންގްލަދޭޝް ސަރުކާރުންވަނީ މަސްވެރިކަމަށް ބަރޯސާވާ މަސްވެރިންނަށް 80 ކިލޯގެ ހަނޑޫ ދޫކުރުމަށް ނިންމާފައެވެ.

ހިލްސާ މަހަކީ ބަންގްލަދޭޝްގައި އެންމެ ގިނަ އަދަދަކަށް ބޭނުންކުރާ މަހެވެ. މި މަހުގެ އާބާދީ އެއް ހަމައެއްގައި ހިފެހެއްޓުމަށްޓަކައި އެޤައުމުގެ ސަރުކާރުން ކޮންމެ އަހަރަކުވެސް 2 މަސްދުވަހަށް ހިލްސާ މަސް ހިފުން މަނާކުރެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!