މަސްވެރިކަމާއި ގުޅޭ

ފަންގަނޑު ހިބަރު - ފޮޓޯ: އައިނިއުޓްރަލިސްޓް

ފަންގަނޑު ހިބަރުގެ އެންމެ ދިގު އުމުރަކީ 13 އަހަރު

ފަންގަނޑު ހިބަރު ނުވަތަ އިންޑޯ-ޕެސިފިކް ސެއިލްފިޝްގެ އިންޑިޔާ ކަނޑުގެ ސްޓޮކް އަދި ދެނެގަނެވިފައެއް ނުވެއެވެ. މިއީ ދުނިޔޭގެ އީކުއޭޓާ ސަރަހައްދުންނާއި ޓްރޮޕިކަލް އަދި ސަބް ޓްރޮޕިކަލް ސަރަހައްދުން ފެންނަ މަހުގެ ބާވަތެކެވެ.

ފަންގަނޑު ހިބަރުގެ އާއިލާގެ ބާވަތްތައް ނިސްބަތުން ކުޑަ ނަމަވެސް ވަރަށް އަވަހަށް ބޮޑުވެއެވެ.

އެގޮތުން މިހާތަނަށް ރެކޯޓު ކުރެވިފައިވާ އެންމެ ބޮޑު ފަންގަނޑު ހިބަރުގެ ދިގުމިނުގައި ހުރީ 348 ސެންޓިމީޓަރެވެ. ފޫޓުން ބަލައިފިނަމަ އެއީ 11 ފޫޓެވެ. އެއީ ތިރީ ތުންފަތުން ފެށިގެން ނިގޫ ދެކަފިވާ ހިސާބަށް ބެލުމުން އަންނަ މިނެވެ.

ދުނިޔޭގެ އެންމެ ބަރު ފަންގަނޑު ހިބަރުގެ ގޮތުގައި ރެކޯޑު ކުރެވުނު މަހުގައި 100.2 ކިލޯ ހުއްޓެވެ.

ހިބަރާ ގުޅޭގޮތުން ލިޔެފައިވާ ލިޔުންތަލުގައި ބުނާގޮތުން، ފަންގަނޑު ހިބަރުގެ އެންމެ ދިގު އުމުރަކީ 13 އަަހަރެވެ. އަދި ފަންގަނޑު ހިބަރު ފުރާވަރަށް އަރާކަމަށްރެކޯޑު ކުރެވިފައި ވަނީ 203 ސެންޓިމީޓަރާއި 210 ސެންޓިމީޓަރާއި ދެމެދެވެ.

މިޔަރެމުގެ ބާވަތްތައް އަދި ގުންބަޅަ ފަދަ އައިން ހަދައިގެން އުޅޭ ކުދި މަސްތައް ލަވައި އެއްކުރުމަށްފަހު، ފަންގަނޑޫ ހިބަރު، އެސޮރުގެ މަތީ ކޮތަރިބައިން ހަމަލާދެއެވެ. އޭގެ އިތުރުން ފަންގަނޑު ހިބަރުގެ ކާނާގެ ތެރޭގައި، ބޯވަ އާއި ބޯވަދިލަމަހުގެ ބާވަތްތައް ވެސް ހިމެނެއެވެ.

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!