މަސްވެރިކަމާއި ގުޅޭ

24991074_862517510593276_5823122085337109952_n

މަސްވެރިކަމާއި، ހުރިހާ ބާވަތެއްގެ މަސައްކަތް ކުރާ ގަމު ކައުންސިލުން ބޭނުމީ ގިނަ މީހުން އެރަށަށް ހިޖުރަ ކުރަން

ހައްދުންމަތީ ގަމަކީ ދިވެހި ރާއްޖޭގައި އޮތް އެންމެ ބޮޑު ރަށެވެ. ގަމުގެ އާބާދީގައި 5000 އަށްވުރެ ގިނަ މީހުން އުޅޭނެ ކަމަށް އެރަށު ކައުންސިލްގެ ރައީސް އަހުމަދު ޒަކީ ވިދާޅުވެއެވެ، ގަމުގައި އުޅެމުންދާ، އެހެނަސް ގަމުގެ ރަޖިސްޓްރީގައި ނެތް 500 އެއްހާ މީހުންވެސް އެރަށުގައި މިހާރުވެސް އުޅެމުން ދެއެވެ.

ރަށުގެ އާބާދީގެ 80 ޕަސެންޓް މީހުން ދިރިއުޅެމުން ދަނީ ރަށުގައެވެ. ރަށަށް ނިސްބަތްވާ މިހުންގެ ތެރެއިން، ރަށުން ބޭރުގައި ދިރިއުޅެނީ މަދު މީސްކޮޅެކެވެ. ގަމުގެ އެންމެހާ ރައްޔިތުންނަކީވެސް ވަރަށް ވަރަށް ބޮޑަށް ލޯބިޖެހިފައިވާ ބައެއްކަމަށް ޒަކީ ފާހަގަ ކުރެއްވިއެވެ. އެހެންކަމުން ރަށުގަ އުފެއްދުންތެރިކަން އިތުރު ކުރަން އެންމެން ވެސް މަސައްކަތް ކުރެއެވެ.

ގަމުގުގެ ބޮޑުކަން އާއްމުކޮށް މީހުންނަށް އަންދާޒާ ނުކުރެވޭތީ، ބީރައްޓެހިން ރަށަށް ޒިޔާރަތް ކުރުމަށްފަހު ވެސް ކޮސްވެއެވެ.

768 ހެކްޓްރުގެ ބިން އޮންނަ ގަމަކީ، ރާއްޖޭގެ އެންމެ ބޮޑު، ބިޔަ ރަށެވެ. އެރަށުގައި ރިސޯސްތައް ހުރެއެވެ. މިހާރުވެސް ދަނޑުވެރިކަމަށް ބޮޑެތި ބިންތައް ދޫކޮށްފައވާ ގަމުގައި، އަދިވެސް ބިން ދޫކުރެވޭނެ ޖާގަ އޮންނާނެ ކަމަށް ޒަކީ ވިދާޅުވިއެވެ.

ތިން އަވަށް އޮންނަ ގަމަށް މީހުން އެއްފަސް ކުރަން ވިޔަސް އެ ފުރުސަތުވެސް އޮންނާނެ ކަމަށާއި، ގަމަކީ ވަސީލަތްތައް ހުރި، ބިމުގެ ގޮތުންވެސް ބޮޑު ރަށެއްކަމަށް ޒަކީ ވިދާޅުވިއެވެ.

ޒަކީ ސިފަކުރައްވާ ގޮތުގައި، އަތޮޅުގެ އެންމެން ގަމަށް ގޮސް އުޅުނަސް، ބަޔަކު އުޅޭހެން ވެސް ހީނުވާނެ ކަމަށެވެ. ތ އަތޮޅު އެއްކޮށް ގެންދިޔަޔަސް ގަމުގައި އެ އެންމެންނަށް އުޅެވޭވަރު ވާނެ ކަމަށެވެ. އެފަދަ ކުދި އަތޮޅުތަކުގެ މީހުން ގެންދެވޭނެ ކަމަށް ޒަކީ ވިދާޅުވިއެވެ.

ޓޫރިޒަމްވެސް ކުރިއަރަމުން އަންނަ ކަމުގައި ހުރިހާ ބާވަތެއްގެ މަސްވެރިކަމެއް ވެސް ކުރާކަމަށް ޒަކީ ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގެ ހުރި އެންމެ ބިޔަ، ބޮޑެތި ދޯނިތައް ނިސްބަތްވާނީ ގަމަށް ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

ގަމުގެ މަސްވެރިން ބޮޔަށް ގޮސް މަސްވެރިކަން ކުރާއިރު، ރާއްޖޭގެ އެކި ސަރަހައްދަށް ގޮސްގެން ވެސް މަސްވެރިކަން ކުރެއެވެ. ގަމުގައި 20 ވަރަކަށް ދޯނި ކަނޑުމަހަށް ދާއިރު ފަރުމަހަށް ދަނީ ކުދި ލޯންޗް ނުވަތަ ޑިންގީތަކުގައެވެ.

އާބާދީގެ ދެބައިކުޅަ އެއްބައި މީހުން މަސްވެރިކަމުގައި ހިއްސާވާއިރު، މަސް ކެއްކުމާއި ރިހާކުރު ކެއްކުން ވެސް ގަމުގައި އޮވެއެވެ. ޒަކީ ވިދާޅުވީ، ލާމު ރިހާކުރު، ދިއްގަރު ރިހާކުރަށް ދޫ ނުކުރާނެ ކަމަށާއި، މިހާރު އެންމެ މަޝްހޫރީ ލާމުގެ ރިހާކުރު ކަމަށެވެ.

އެގޮތުން 10 ވަރަކަށް ގްރޫޕް ރަށުގެ އެކި ސަރަހައްދުގައި ހާއްސަކޮށް ހުއިފިލަނޑާއާއި މަސްކެއްކުމާއި ރިހާކުރު ކެއްކުމުގައި އުޅެއެވެ. ސައިޑް ރޯލެއް ކުޅެން ބިދޭސީން އުޅުނަސް، މަސް ކެއްކުމުގައި ގިނަވާނީ ދިވެހިން ކަމަށް ޒަކީ ވިދާޅުވިއެވެ.

ރިހާކުރާއި މަސްވެސް މާލެއަށް ގެންގޮސް ވިއްކާ އިރު، އެތަކެތި ގެންދަނީ ކަނޑު މަގުންނާއި ވައިގެ މަގުންނެވެ.

މާރުކޭޓުގައި އަގު ހުންނަ ވަރަކަށް ބަލާފައި މަސް ކައްކާ ވިއްކުން ކުރިއަށް ގެންދާތީ، އެކަމުން  އެކި މަސްމަހު އެކި ވަރަށް އާމްދަނީ ލިބޭނީ އެކި ވަރަށެވެ.

އެހެން ހިސާބުތަކުގެ މަސްވެރިންވެސް ހިދުމަތްތައް ހޯދަން ގަމަށް ދާކަމަށް ޒަކީ ފާހަގަކުރެއްވިއެވެ. ހަފްތާއަކު ދެތިން ހަތަރު ދޯނި، އެކި ކަހަލަ ހިދުމަތްތައް ހޯދަން ގަމަށް ދެއެވެ. އިންޖީނުގައި މައްސަލަ ޖެހުނު ކަމަށް ވިޔަސް އެ މައްސަލަ ހައްލުކޮށް އިންޖީނު ހަދަން މަސްދޯނިތައް ގަމަށް ދެއެވެ. މަސްވެރިކަމުގެ އިތުރުން އޮޑިދޯނިފަހަރު މަރާމާތު ކުރުން ފަދަ ކަންކަމަށް މޮޅެތި އިންޖިނިއަރުން ވެސް ގަމުގައި ތިބޭނެ ކަމަށް ޒަކީ ވިދާޅުވިއެވެ.

1980 ގެ އަހަރުތަކުން ފެށިގެން ދޯނި ބަނުމުގެ އެކި ކަހަލަ މަސައްކަތްތައް ގަމުގައި ކުރަމުން ދާކަމަށް ޒަކީ ވިދާޅުވިއެވެ.

އަބަދުވެސް ފައިބަރު އެއް ދޯނި، ދެ ދޯނިވަރު ބަނދެ ނިންމާފައި ގަމުގައި އޮންނަ ކަމަށް ވެއެވެ. މިވަގުތުވެސް އިންޖީނުލީ ތިން އުޅަނދު ބަނުމުގެ މަސައްކަތެއް ވެސް ކުރިއަށް އެބަދެއެވެ.

ރާއްޖޭގައި އެންމެ ފަހުގެ ފައިބަގްލާސް ދޯނި، އެންމެ ފުރަތަމަ ބަންނަން އުޅުނު މީހުންގެ ތެރެއިން ލާމުގެ ނަން މަޝްހޫރު އެތައް ބަޔަކު ހިމެނޭއިރު، ލަކުނޑި ދޯނި ބަނުމަކީވެސް ގަމުގައި ކުރާ ކަމެކެވެ.

މަސްވެރިކަމާއި، ހުރިހާ ބާވަތެއްގެ މަސައްކަތް ކުރާ ގަމު ކައުންސިލުން ބޭނުމީ ގިނަ މީހުން އެރަށަށް ހިޖުރަ ކުރަން ކަމަށް ކައުންސިލްގެ ރައީސް ފާހަގަ ކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!