މަސްވެރިކަމާއި ގުޅޭ

0.88630400_1627304869_34

ރުޝިކުލްޔާ ރޫކަރީއަށް 5 ލައްކައަށް ވުރެ ގިނަ ވާވޮށި ވެލާ ބިސް އަޅަން އަރައިފި

އިންޑިއާގެ އޮޑިޝާ ސްޓޭޓުގެ ރުޝިކުލްޔާ ރޫކަރީއަށް މިއަހަރު ރެކޯޑު އަދަދަކަށް ވާވޮށި ވެލާ ބިސް އަޅަން އަރައިފިއެވެ.

ފޮރެސްޓު އޮފިޝަލުން ބުނާގޮތުން އަހަަރުގެ މިހާތަނަށް 5.5 ލައްކަ ވާވޮށި ވެލާ ވަނީ ބިސް އަޅަން އެ ބީޗަށް އަރާފައެވެ. އެގޮތުން އެންމެ ގިނަ އަދަދަކަށް ވެލާ ބިސް އަޅަން އަރަން ފަށާފައިވަނީ މިދިޔަ މަހުގެ 27ވަނަ ދުވަހުން ފެށިގެން ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ގިނަ އަދަދެއްގެ ވެލާ ބިސް އަޅަން އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށް އޮފިޝަލުން ބުނެއެވެ.

އަހަރުގެ މިހާތަނަށް 5.5 ލައްކަ ވާވޮށި ވެލާ މި ބީޗަށް ބިސް އަޅަން އަރާފައވާއިރު، 2016، 2019 އަދި 2021ވަނަ އަހަރު އެއް ފަހަރާ ގިނަ އަދަދެއްގެ ވެލާ ބިސް އެޅުމަށް މި ބީޗަށް އައިސްފައެއް ނުވެއެވެ. މިއީ ގޮނޑުދޮށް ގިރައިގެން ދިޔުމުގެ ސަބަބުންނާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަމަށް އޮފިޝަލުން ހާމަކުރެއެވެ.

އޮފިޝަލުން ވަނީ ދިރާސާތައް ކުރުމުގެ ބޭނުމުގައި މި ބީޗަށް ބިސް އަޅަން އެރި 6000 ވެލާއެއްގައި ޓެގު ޖަހާފައެވެ. މި މަސައްކަތުގެ ދަށުން ކުރިއަށް ގެންދާ ދިރާސާތަކުގެ އަލީގައި ވެލާގެ ތަބީއަތް ދެނެގަތުމަށް އެހީތެރިވެދޭނެ ކަމަށް އޮފިޝަލުން ހާމަކުރެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!