މަސްވެރިކަމާއި ގުޅޭ

މަސްމުގުރާން

މިއީ ރާއްޖޭގެ ތިލަ ފަޅުތަކުގެ ބޭރުން މުރަކަތަކުގެ ވެށީގައި އުޅޭ މަހެކެވެ.

މިއީ ދޮށީގެ މަސްވެރިންގެ މެދުގައި ވަރަށް މަޝްހޫރު، މުގުރާމުގެ ބާވަތެކެވެ. ދިވެހި އެންވެރިކަމުގައި ވަރަށް ގިނައިން އެމަށް މިމަސް ހިފައެވެ. ގިނަމަސްވެރިން ދެކޭގޮތުގައި މިއީ ކަނޑުމަހުގެ މަސްވެރިކަމަށް ވަރަށް ރަގަޅު އެމެކެވެ. މަސްމުގުރާން އުޅެނީ އެހެނިހެން މުގުރާމުގެ ތެރޭގައި އައިން ހަދައިގެން ފަރުފަރުގެ ބޭރުގައެވެ. މަހުގެ ކާނާއަކީ އޮޔާދާ ފަނިފަކުސާއެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 10 ހަރުކަށްޓާއެކު 15 މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 3 ހަރުކަށްޓާއެކު 12 މަޑުކަށިހުރެއެވެ. މަހުގެ ކަންފަތްގަޑުގެ ދިގުމިން ބޮލުގެދިގުމިނާ އެއްވަރެވެ. މަހުގެލޯ އެކަށީގެންވާވަރަށް ބޮޑެވެ. އަނގަ ކުޑައެވެ. މަހުގެ މަތީކޮތަރިބަޔާއި ބަނޑުދަށްފަރާތު ކޮތަރިބައިގެ ބުޑުދޮށުގައި ހުޅުނބު ފަޅާފައި ހުރެއެވެ.

މަހުގެ މަތީބައިގެ ކުލައަކީ ނޫކުލައެވެ. މަހުގެ އަރިމަތީގައި ރީނދޫކުލައިގެ ފުޅާ ބޭންޑެއް ނުވަތަ ފަށެއް ލޮލުން ފެށިގެން ނިގޫފަތުގެ ބުޑާ ހަމައަށް ހުރެއެވެ. މަހުގެ ކޮތަރިތަކުގެ ކުލައަކީ ރީނދޫކުލައެވެ. ނިގޫފަތް ވަރަށް ބޮޑަށް ކުފިވެފައިހުރެއެވެ. އަދި ނިގޫފަތުގެ ދެކޮޅު ހުންނަނީ ކަޅުކުލައިގައެވެ. މިމަސް ގާތްގަޑަކަށް 21 ސެންޓިމީޓަރަށް ބޮޑުވާކަމަށްވެއެވެ.

އިނގިރޭސި ނަން: Goldband fusilier
މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!