މަސްވެރިކަމާއި ގުޅޭ

GMw_er4WUAATsJK

މީހުންނާއި ބަރު މުދަލާއެކު ދަތުރުކުރަނިކޮށް ފަރަށްއެރި ބޯޓެއް އެމްއެންޑީއެފްއިން ފުންކޮށްފި

މީހުންނާއި ބަރު މުދަލާއެކު ދަތުރުކުރަނިކޮށް ފަރަށްއެރި ބޯޓެއް އެމްއެންޑީއެފްއިން ފުންކޮށްފިއެވެ.

އެމްއެންޑީއެފްއިން ބުނިގޮތުގައި، ފަރަށް އަރާފައި ވަނީ މުދާ ބަރުކޮށްގެން، 16 މީހުންނާއިއެކު މާލެއިން ގދ.ފަރެސްމާތޮޑާއަށް ދަތުރުކުރަމުންދިޔަ "ރޯޝަނީ" ބޯޓް ކަމަށެވެ.

ރޭ ދަންވަރު އެ ބޯޓު ފަރަށް އެރުމާއި ގުޅިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ސިފައިން ޑައިވަރުންނާއިއެކު ވަނީ އެ ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދީފައެވެ.

މިއަދު މެންދުރު އެމްއެންޑީއެފްއިން ބުނީ، ފަރަށްއެރި "ރޯޝަނީ" ބޯޓް މިއަދު 11:10 ހާއިރު ފުންކުރެވިފައިވާކަމަށެވެ.

މި ބޯޓް ފުންކުރުމުގެ މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑްގެ ޑައިވަރުންނާއެކު ބޯޓުގެ ފަޅުވެރިން ހަރަކާތްތެރިވެފައިވާ ކަމަށް އެމްއެންޑީއެފްއިން މައުލޫމާތުދެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published.