މަސްވެރިކަމާއި ގުޅޭ

0_UK-seafood-ratings

އިނގިރޭސިވިލާތުގައި ހިފާ ކަކުންޏާއި އިހި ކެއުމުގައި ބޭނުން ނުކުރަން އެދިއްޖެ

އިނގިރޭސިވިލާތުގައި ހިފާ ކަކުންޏާއި، އިހި، ސްކޭޓު އަދި މޮންކް ފިޝް ކެއުމާއި ދުރުވުމަށް މެރިން ކޮންޒަވޭޝަން ސޮސައިޓީން އެދެފިއެވެ.

އެ ސޮސައިޓީން ނެރެފައިވާ ގުޑް ފިޝް ގައިޑުގައި ވަނީ އިނގިރޭސިވިލާތުގައި ހިފާ މި ބާވަތްތަކަށް ރަތް ލޭބަލް ދީފައެވެ. އެ ސޮސައިޓީން ބުނެފައިވާ ގޮތުގައި މި ބާވަތްތައް ހިފުމަށް ބޭނުންކުރާ އާލާތްތަކުގެ ސަބަބުން ބޮޑު މަހުގެ ދިރުމަށް އަސަރުކުރަމުންދާ ކަމަށެވެ.

މެރިން ކޮންޒަވޭޝަން ސޮސައިޓީއިން ވަނީ ޖުމްލަ 14 ބާވަތެއްގެ ކަނޑުގެ ދިރުން 'ފިޝް ޓު އެވޮއިޑު' ލިސްޓަށް އިތުރުކޮށްފައެވެ. މި ހުރިހާ ބާވަތްތަކަށް އެ ޖަމިއްޔާއިން ވަނީ ރަތް ރޭޓިންގ ދީފައެވެ.

ލިސްޓަށް އިތުރުވި ބާވަތްތަކާއި އެކު ޖުމްލަ 161 ބާވަތެއް ރެޑު ރޭޓިންގައި ހިމެނެއެވެ.

ކަނޑުތަކުގެ ރައްކާތެރިކަމަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދަނީ ސަރުކާރުން މިފަދަ ކަންތައްތަކުގައި އަމަލުކުރަމުންދާ އަދި އަޅަމުންދާ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ގޮވާލަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!