މަސްވެރިކަމާއި ގުޅޭ

xs

ރަޝިއާގެ މަސްވެރިއެއް "ބޭބީ ޑްރެގަން" އަކާއި ވަތްތަރު މަހެއް ބާނައިފި

ރަޝިއާގެ މަސްވެރިއެއް ' ބޭބީ ޑްރެގަން؛ އަކާއި ވަތްތަރު މަހެއް ބާނައިފިއެވެ.

މި މަސް ބާނާފައިވަނީ ނޯވޭ ކަނޑަަށް މަސްވެރިކަމަށް ނުކުމެ އުޅުނު ރޯމަން ފެޑޯޓްސޮފްއަށެވެ. މީގެ ކުރިންވެސް އޭނާ ވަނީ ތަފާތު އެކި ސިފަތަކުގެ މަސް ބާނާފައެވެ. އޭނާ އަށް ބޭނޭ މިފަދަ މަސްތަކުގެ ފޮޓޯތައް އޭނާ ދަނީ އިންސްޓަގްރާމުގައި ހިއްސާ ކުރަމުންނެވެ.

އެންމެ ފަހުން އޭނާ ހިއްސާ ކުރި ފޮޓޯއަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ. މި މަހުގެ ސިފަތައް އެހެން މަސްތަކާއި ވަރަށް ތަފާތެވެ. އެގޮތުން އެ މަހުގައި ހުރީ މަޑު ފިޔާތޮށި ކުލައެވެ. ދިގު ނިގުލަކާއި ބޮޑު ދެ ލޯ ހުރިއިރު، ފިޔަގަނޑެއް ޒާތުގެ އެއްޗެއް އޭގެ ހަށިގަނޑާއި ގުޅިފައިވެއެވެ.

ފެޑޯޓްސޮފްގެ ޕޯސްޓަށް 22000އަށްވުރެ ގިނަ ލައިކްސް މިހާތަނަށް ލިބިފައިވާއިރު، ގިނަ އަދަދެއްގެ ކޮމެންޓުތައްވެސް ދަނީ ލިބެމުންނެވެ.

މިއީ ކޮން ކަހަލަ މަހެއްކަން މިހާރުވަނީ ދެނެގަނެވިފައެވެ. މި މަހަށް ކިޔަނީ ޗިމައިރާ އެވެ. ބައެއް މީހުން މި މަހަށް "ގޯސްޓް ޝާރކް"ގެ ނަމުންވެސް ކިިޔައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!