މަސްވެރިކަމާއި ގުޅޭ

3bb8f777dccd46c7a84af92afe1df81b_md

އޮސްޓްރޭލިއާގެ ސިޑްނީގެ ބީޗަކަށް 'އޭލިއަން' އަކާއި ވަތްތަރު މަހެއް ލައްގައިފި

އޮސްޓްރޭލިއާގެ ސިޑްނީގެ ބީޗަކަށް 'އޭލިއަން' އަކާއި ވަތްތަރު މަހެއް ލައްގައިފިއެވެ.

މި މަހުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ވައިރަލްވެފައިވާއިރު، މިއީ މީގެ ސިފަ އާއްމުކޮށް މޫދުގައި އުޅޭ މަސްތަކާއި ވަރަށް ތަފާތެވެެ.

މަރުވެފައި އޮތް މި މަހުގެ ތުންފަތް އިނީ ފުފިފައެވެ. އަދި ތުންފަތް ފުފިފައި އިން ގޮތުން ސިފަވަނީ އިންސާނެއްގެ ތުންފަތެވެ. އަދި ގައިވެސް ވަރަށް ބޮޑަށް އޮތީ ފުފިފައެވެ.

ބީޗުން މި މަސް ލައްގާފައި އޮތްވާ ފެނުނު ޑުރިއު ލަމްބާޓު ފުރަތަމަ ހީކުރީ މިއީ މިޔަރެއް ކަމަށެވެ. އެހެން ނަމަވެސް އޭގެ ހަށިގަނޑު ހުރި ގޮތުން އެއީ ޝާކެއް ނޫން ކަން އެނގުނެވެ.

ސޯޝަލް މީޑިއާގައި އޭގެ ވީޑިއޯ ހިއްސާ ކުރަމުން އޭނާވަނީ އެއީ ކޮން ކަހަލަ މަހެއް ތޯ ދެނެގަތުމަށް އާއްމުންގެ އެހީއަށް އެދިފައެވެ. ގިނަ މީހުން ކޮމެންޓުކޮށްފައި ހުރީ އެއީ މަޑިއެއް ކަމަށެވެ.

Exif_JPEG_PICTURE

އެހެން ނަމަވެސް ސީ ލައިފް ސިޑްނީ އެކުއޭރިއަމްގެ ސުޕަވައިޒަރ ލަތީޝިއާ ހަނާން ބުނީ މިއީ ނަމްބް ފިޝް ނުވަތަ ކޮފިން ރޭ އެއް ކަމަށެވެ. އަދި މަރުވެފައި އޮތުމުން މަހުގެ ހަށިގަނޑު ބްލޯޓްވެފައި އޮތީ ކަމަށް ބެލެވޭ ކަމަށް ލަތީޝިއާ ބުންޏެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!