މަސްވެރިކަމާއި ގުޅޭ

FQCoVa6aQAkHa28

ކޫއްޑޫ ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ސުވާލުކުރުމަށް މިނިސްޓަރ މަޖިލީހަށް ހާޒިރުކުރަނީ

މަސްވެރިކަން ރަގަޅު ދުވަސްވަރު މަސްނުކިރޭ މައްސަލަ ހައްލު ކުރުމަށް ކުރެވޭ މަސައްކަތްތަކާއި ބެހޭ ގޮތުން ސުވާލުކުރުމަށް ފިޝަރީޒް މިނިސްޓަރ ޑރ ހުސެއިން ރަޝީދު ހަސަން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުމަށް ހުށަހަޅައިފިއެވެ.

ކޫއްޑޫގެ ކެޕޭސިޓީގެ މައްސަލައިގައި މިނިސްޓަރާ ސުވާލުކުރަން ހުށަހެޅުއްވީ ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިނެވެ.

މިކަމާއި ގުޅޭގޮތުން މެމްބަރު ސައުދު ކުރެއްްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ކޫއްޑޫ ކެޕޭސިޓީ އިތުރުނުކުރެވޭ މައްސަލަ އާއި ކޭނިންގ ފެކްޓްރީ ގައިމް ނުކުރެވިގެންއުޅޭ މައްސަލައާއި އަދި މަސްވެރިކަން ރަގަޅު ދުވަސްވަރު މަސްނުކިރޭ މައްސަލަ ހައްލު ކުރުމަށް ކުރެވޭ މަސައްކަތްތަކާއި ބެހޭ ގޮތުން ފިޟަރީޒް މިނިސްޓަރާއި ސުވާލުކުރުމަށް ހުށަހަޅާފައިވާ ކަމަށެވެ.

މިދުވަސްވަރު ދެކުނުގެ މަސްވެރިކަން ރަނަގަޅުވެފައިވާއިރު، މަސް ރާއްކުރުމުގެ ޖާގަ ނެތުމުން، ކޫއްޑޫއިން ވަނީ މަސް ގަންނަ މިންވަރު ކޮންޓްރޯލްކޮށްފައެވެ. އެގޮތުން ދޯންޏަކުން ގަންނަމުން ދަނީ  5 ޓަނު މަހެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!