މަސްވެރިކަމާއި ގުޅޭ

ކޫއްޑޫ ބަނދަރުތެރެ
ކޫއްޑޫ ބަނދަރުތެރެ

ކޫއްޑޫ ބަނދަރުގައި 63 ދޯންޏެއް، 900 ޓަނު މަސް

ކޫއްޑޫ ބަނދަރުގައި 63 ދޯންޏެއް ކިޔުގައި އެބައޮތް ކަމަށާއި މި ދޯނިތަކުގައި 900 ޓަނު މަސް އެބަހުރި ކަމަށް މިފްކޯއިން ހާމަކޮށްފިއެވެ.

މިފްކޯއިން މައުލޫމާތުދޭ ގޮތުގައި މި ހުރިހާ ދޯންނަކުން މަސް ކިރުވައި ނިމެނީ މިމަހުގެ 17ވަނަ ދުވަހުއެވެ.

އެކު އެބަ އޮތް ކަމަށާއި ހުރިހާ ދޯންޏަކުން މަސް ކިރުވައި ނިމޭނީ އަންނަ އާދިއްތަ ދުވަހު ކަމަށް މިފްކޯގެ މެނޭޖިން ޑިރެކްޓާ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެ އެވެ.

ކޫއްޑޫގައި މަސް ކިރުމުގައި ކޮންމެ ދޯންޏަކަށް ފަސް ޓަނުގެ ލިމިޓެއް ކަނޑައެޅުމާ ގުޅިގެން ގިނަ އަދަދެއްގެ މަސްވެރިން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށް ހަޅުތާލުކޮށްފައެވެ. މިކަމަށް ހައްލެއް ހޯދަން މަސްވެރިންނާއި މިފްކޯގެ މެނޭޖްމެންޓާ އެކު މަޝްވަރާކުރުމަށް ފަހު އިއްޔެ މެންދުރު ފަހު ވަނީ މަސްވެރިން ބޭނުންވި ގޮތަށް ކިޔުގައި ޖެހޭ ކޮންމެ ދޯންޏެއްގެ ހުރިހާ މަހެއް ކިރަން އެއްބަސްވެފައެވެ.

މަސްވެރިކަން ރަނގަޅުވާ ކޮންމެ ފަހަރު މަސް ކިރުމަށް ދަތިވެ، ގިނަ އުނދަގޫތަކެއް ކުރިމަތިވެ އެވެ. މިފްކޯއިން ބުނީ އެކުންފުނީގެ ފްރީޒިން ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!