މަސްވެރިކަމާއި ގުޅޭ

Kooddoo 3

މާދަމާއިން ފެށިގެން ދޯންޏަކުން ކިރާނީ 7 ޓަނު: މިފްކޯ

ކެޕޭސިޓީ އާއި އެއްވަރަށް މެނޭޖްކޮށްގެން ކުރިއަށްގެންދިޔުމަށްޓަކައި މާދަމާއިން ފެށިގެން ދޯންޏަކުން 7 ޓަނު މަސް ކިރާގޮތަށް މިފްކޯއިން ނިންމައިފިއެވެ.

ދެކުނުގެ މަސްވެރިކަން އާދަޔާއި ޚިލާފަށް ރަނގަޅުވެ، މިފްކޯގެ ފްރީޒިންގ ކެޕޭސިޓީއަށްވުރެން އިތުރަށް މަސް ލިބެމުންދިއުމާއި އެކު، މަސް ކިރައި، ފްރީޒްކުރުމަށް ވަގުތު ބޭނުންވާތީ، ދިމާވާ ދަތިތައް ޙައްލުކުރުމުގެ ގޮތުން މިމަހުގެ 6 ވަނަ ދުވަހުން ފެށިގެން މިފްކޯއިން މަސަގަންނަމުން ދިޔައީ ކިއު ތަރުތީބުން ކޮންޓްރޯލްކޮށްގެންނެވެ.

ނަމަވެސް އައިސްއަޅާފައިހުރި ދޯނިތަކުގައިހުރި މަސް ހަލާކުވެދާނެތީ އަވަސްކުރުމުގެ ގޮތުން މިމަހުގެ 12ވަނަ ދުވަހުން ފެށިގެން ކޮންޓްރޯލް ކުރުމަކާއިނުލާ މަސްކިރުމުގެ މަސައްކަތް ކުރިއަށް ގެންގޮސް މިއަދުގެ ނިޔަލަށް ކިއު ތަރުތީބުން ހުރިހާ ދޯނިތަކުގެ މަސްވަނީ ކިރައިނިމިފައިވާކަމަށް މިފްކޯއިން ބުނެއެވެ.

މިފްކޯއިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ މަސްވެރިން ބާނާ މިންވަރު އެއްވަރެއްގައި ހުރުމާއި އެކު، ކެޕޭސިޓީ އާއި އެއްވަރަށް މެނޭޖްކޮށްގެން ކުރިއަށް ގެންދިޔުމަށްޓަކައި މާދަމާއިން ފެށިގެން ދޯންޏަކުން 7 ޓަނު މަސް ކިރާގޮތަށް ވަނީ ނިންމާފައިވާކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!