މަސްވެރިކަމާއި ގުޅޭ

Dr Hussain

މަސްވެރިންނަށް ރަނގަޅު އަގެއް ދެވޭނީ ފްރީޒިން ކެޕޭސިޓީ މަތި ކުރެވިގެން: މިނިސްޓަރު

މަސްވެރިޔާއަށް ރަނގަޅު އަގެއް ދެވޭނީ، ފްރީޒިން ކެޕޭސިޓީ މަތި ކުރެވިގެން ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅިވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީގައި އިއްޔެ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ކޫއްޑޫގެ ބްރެއިން ފްރީޒިން ފެސިލިޓީ 1000 ޓަނަށް އިތުރު ކުރަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

"ވިއްކާ މީހާއަށް އިންސާފުވެރި މާޖިން [އަގެއް] އޮންނަން ޖެހޭނެ. އެގޮތަށް ބަލާއިރު އަޅުގަނޑުމެންނަށް މަސް ގަނެވޭނެ ކަމަށް ކަޝަވަރު ކޮށްދޭން ކުރަން ޖެހޭ ކަމަކީ ފެލިވަރުގައި ބްރެއިން ފްރީޒިން ކެޕޭސިޓީ މަތި ކުރުން. ބޮޓެލް ނެޓްވަނީ ބްރެޒިން ފްރީޒިންގައި. މިހާރު ހުރީ 240 މެޓްރިކް ޓަނު 24 ގަޑިއިރު ތެރޭގައި ބެހެއްޓޭނެ އޭގެ އިތުރަށް 760 ޓަނު ބްރެއިން ފްރީޒިން މަތި ކުރެވިދޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، ކުރިއަށް އޮތް ނުވަ މަސް ތެރޭގައި އެ މަސައްކަތް ނިމޭނެކަމަށެވެ. ހަމައެޔާއެކު، އެމްޑީޕީ މެނިފެސްޓޯގައި ބުނާ "ހަމައަގަކީ" ކޮބައިކަން މިނިސްޓަރު ކިޔައިދެއްވިއެވެ.

"ފެއާ ޕްރައިޒް، ހަމައަގަކީ އޭގެ ޒާތުގައި މަހުގެ އުފެއްދުމުގެ ކޮލިޓީ އާއި މަސް ބޭރު ކުރުމަށް ކުރާ ހަރަދާއި ބާޒާރުގެ ހާލަތާއި މަސް ވިއްކާ ދުވަސްވަރާ މަހަށް އަގު ދައްކާ އެއްޗަކަށް ބިނާކޮށް މަހުގެ އަގަށް ދެވޭ އެއްޗެއް،" މިނިސްޓަރު ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. ތިކަން ކުރަންބުނި މުއްދަތު ފަހަނައަޅާ ހިގައްޖެ. . ހައްތަހާވެސް އިވެނީ ކުރަނީ ކުރަންޖެހޭ .ކުރެވޭ ދުވަހެއް ނާދޭ. .ދެން ފެންނާނީ ބިންގާ އަޅަންފަށާ ދުވަސް އެހެން ހުއްޓާ ރިޔާސީ އިންތިޚާބަށް ކައިރިވީމަ މަހުގެ އަގު ބޮޑު ކުރާނެ .ދެން ވޯޓުދީގެން ހޮވުނީމަ ނިންމާނެ ކަމުގެ ވައުދު އަނެއްކާވެސް ވާނެ.

Comments are closed.