މަސްވެރިކަމާއި ގުޅޭ

1507029-fishing-from-window

ޑްރޯނެއްް ބޭނުންކޮށްގެން މަސްބާނާ ވީޑިއޯ އަކަށް ގިނަ ބައެއްްގެ ސަމާލުކަން

ޗައިނާގެ ޝަންގްހާއީގައި ޑްރޯނެއް ބޭނުންކޮށްގެން ޕޫލްއަކުން މަހެއް ބާނާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވައިރަލްވެއްޖެއެވެ.

ޝަންގްހާއީގައި ކޯވިޑުގެ ކޭސްތައް އިތުރުވުމާއި އެކު ބައެއް ހިސާބުތަކުގައި ފުރަބަންދުގެ ދުވަސްތައް ދަނީ ތަންފީޒްކުރަމުންނެވެ. މިއާ އެކު ގޭގައި ބަންދުވެގެން ތިބުމުން ފޫހިފިލުވުމަށް މީހުންދަނީ ތަފާތު އެކި ކަހަލަ ކަންތައްތައް ކުރަމުންނެވެ.

ފުރަބަންދާއި އެކު މަގުތަކަށް މީހުން ނިކުމޭތޯ ބެލުމަށް ރޮބޮޓު ޑޯގުތައްދަނީ މަގުތައް ޕެޓްރޯލް ކުރަމުންނެވެ. ގޭގައި ގިނަ ވަގުތުތައް ހޭދަކުރަން ޖެހުމުން ފޫހިފިލުވުމަށް މީހަކުވަނީ ޑްރޯންއެއް ބޭނުންކޮށްގެން ޕޫލަކުން މަހެއް ބާނާފައެވެ.

ޓްވިޓަރގައި ރޮޑްރިގޯ ޒެއިދަން ނަމަކަށް ކިޔާ މީހެއް ހިއްސާކޮށްފައިވާ ވީޑިއޯއިން ފެންނަނީ މަސް ބޭނުމަށް ބޭނުންކުރާ އާލާތެއްް ޑްރޯންއެއްގައި ހަރުކޮށްފައި ހުންނަ ތަނެވެ. އަދި ޑްރޯން ގޮސް ޕޫލަށް ތިރިކޮށް ބުޅީގައި މަސް ގަތުމުން ޑްރޯންވަނީ މައްޗަށް އުދުއްސައިގަނެފައެވެ. އަދި ބޭނި މަހާއި އެކު ގޮސް މަޑުކޮށްލީ ގެއެއްގެ ބެލްކަނީ އެއްގައެވެ.

ޒެއިދާން ހިއްސާކުރި ވީޑިއޯގައި އޭނާ ވަނީ މިއީ ޝަންގުހާއީގައި ކެއްކުމަށް ބޭނުންވާ ސާމާނު 2022ގައި ގަންނަނީ މިހެން ކަމަށް ޖަހާފައެެވެ. މީގެއިތުރަށް އޭނާ ޖަހާފައިވަނީ މިއީ މީހަކު މަޖަލަކަށްކޮށްފައިވާ ކަމެއް ކަމަށެވެ.

މިމަހުގެ 16ވަނަ ދުވަހު ޓްވިޓަރގައި ހިއްސާކޮށްފައިވާ މި ވީޑިއޯ 3 ލައްކައަށްވުރެ ގިނަ މީހުން ބަލާފައިވާއިރު، 1000 އަށްވުރެ ގިނަ މީހުން ވަނީ ރީ ޓްވީޓުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!