މަސްވެރިކަމާއި ގުޅޭ

turtleeeeee

ލ. އަތޮޅުގެ ފަޅުރަށަކުން ފުރޮޅާފައި ހުރި ވެލާތަކެއް ސަލާމަތްކޮށްފި

ލ. އަތޮޅުގެ ފަޅުރަށެއް ކަމުގައިވާ އަތަހެންދާގައި ފުރޮޅާފައި ހުރި ވެލާތަކެއް ސަލާމަތްކޮށްފި އެވެ.

އަތަހެންދާ އަކީ ލ. ކުނަހަންދޫގެ ހުޅަނގަށް އޮންނަ ފަޅުރަށެކެވެ. އަތަހެންދާގެ ބީޗާއި ތިން މީޓަރުން ދުރުން ރުއްތަކެއްގެ ހިޔާދަށުގައި ފުރޮޅާފައި ހުއްޓާ ފެނިފައިވަނީ ބޮޑު ފަސް ވެލާއެވެ.

މިމަހުގެ 17ވަނަ ދުވަހު މި ވެލާތައް ސަލާމަތްކޮށްފައިވަނީ، ސިކްސް ސެންސް ލާމު ރިސޯޓުގައި ހިންގާ މެރިން ބަޔޮލޮޖީ ޓީމް ކަމަށްވާ މޯލްޑިވްސް އަންޑަވޯޓާ އިނީޝިއޭޓީވް (އެމްޔޫއައި) އިންނެވެ. ވެލަޔާއި ކަހަނބު ހިމާޔަތްކުރުމަށް އޮލިވް ރިޑްލީ ޕްރޮޖެކްޓެއްގެ ނަމުގައި އެމީހުން ހަރަކާތެއް ހިންގައެވެ.

&

;

ފުލުހުންނާ ގުޅިގެން ހިންގި ރެސްކިއު މިޝަންގައި އެމްޔޫއައިގެ ދަށުން ހިންގާ މަންޓާ ޓްރަސްޓް އަދި ބްލޫ މެރިން ޕައުންޑޭޝަނުން ވެސް ބައިވެރިވެފައިވެއެވެ.

އެ ރެސްކިއު މިޝަންއާ ގުޅޭ ގޮތުން އެމްޔޫއައި ލިޔުނު ބްލޮގް ޕޯސްޓްގައި ބުނީ އެ ވެލާތައް ފުރޮޅާފައި ހުއްޓާ ފެނުނީ ސިކްސް ސެންސް ލާމު ރިސޯޓުން، އެ ފަޅުރަށަށް ޕިކްނިކް ގޮސް އުޅުނު ޓޫރިސްޓުންތަކަކަށް ކަމަށެވެ.

ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން އެޕްރީލް 4، 2016 އިން ފެށިގެން ވެލަޔާއި ކަހަނބުގެ ހުރިހާ ބާވަތެއް ވަނީ ހިމާޔަތްކޮށްފަ އެވެ. އަދި ވެލާ ކަހަނބުގެ ބާވަތްތައް ހިފުމާއި ގެންގުޅުމާއި އެއަށް ގޯނާކުރުން ވަނީ މަނާކޮށްފަ އެވެ. އަދި އެއީ ބޮޑު ޖޫރިމަނާއެއް ވެސް އަންނަ ކުށެކެވެ

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!