މަސްވެރިކަމާއި ގުޅޭ

Terrifying-moment-massive-great-white-shark-attacks-familyaposs-tiny-boat

އޮސްޓްރޭލިއާގައި މަހަށް ދިޔަ އާއިލާއަކަށް މިޔަރުގެ ހަމަލާއެއްް

އޮސްޓްރޭލިއާގެ އާއިލާއެއް މަސް ދަތުރެއް ދިޔުމަށް ނިންމީ އެންމެން އެކީ އުފާވެރި ވަގުތުތަކެއް ހޭދަކޮށްލުމުގެ ބޭނުމުގައެވެ.

އެހެން ނަމަވެސް އެ މަސްދަތުރު ބަދަލުވެގެންދިޔައީ ބިރުވެރި ތަޖުރިބާއަކަށެވެ. އެމީހުން މަސް ދަތުރު ދިޔަ ބޯޓަށް ބޮޑު މިޔަރެއްގެ ހަމަލާތައް އަމާޒުވިއެވެ.

14 ފޫޓުގެ ބޮޑު މި ގްރޭޓު ވައިޓު ޝާކު އެންމެ ފުރަތަމަ ކުރަން ފެށި ކަމަކީ ބޯޓު ވަށާ ބުރު ޖެހުމެވެ. އެގޮތަށް ބުރު ޖެހުމަށްފަހު، ބޯޓުގެ މޮޓޯ އިންޖީނަށްވެސް ހަމަލާތަކެއް ދިނެވެ. ޑޭވިޑު ޓަކްފިލްޑު އަދި އޭނާގެ އަންހެނުން ޓަންޔާ އާއި 14 އަހަރުގެ ދަރިފުޅު ޝެލްބީ މަސް ދަތުރު ދިޔައީ ޕަރތުގެ ދެކުނުގައި އޮންނަ މަންޑުރާގެ އައްސޭރިފަށަށެވެ.

މިޔަރު ބޯޓާއި ފުރަތަމަ ކައިރިވާން ފެށީ ޝެލްބީ ބޭނި މަހަށް ދަހި ލައިގެންނެވެ. އެގޮތުން ނަނުގައި އޮތް މަސް ކާލުމަށް މިޔަރު މަސައްކަތްކުރިއެވެ. އެގޮތުން ފެނުން މައްޗަށްވެސް މިޔަރު އަނގަހުޅުވައިގެން އޮވެ މަސް ކާލުމަށް އަންނަ ވީޑިއޯއެއް ވަނީ އާއްމުވެފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްް ލިބިފައި ނުވާއިރު، ޓަކަރފިލްޑު އާއިލާއަށް މިކަން ވީ މި ދަތުރުގެ އެންމެ ފާހަގަކޮށްލެވުނު ކަމަށެވެ. އަދި އެގޮތަށް އެހާ ކައިރިން މިޔަރެއް ފެނުމަކީ މަދުން ލިބޭ ފުރުސަތަކަށްވާއިރު، މިއީ ބިރުވެރި ތަޖުރިބާއަކަށްވިޔަސް އެއީ ހަނދާނުން ނުފިލާނެ ކަމެއްގެ ގޮތުގައި އެ އާއިލާއިން ސިފަކުރެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!