މަސްވެރިކަމާއި ގުޅޭ

FRRIkv1VkAA7kCo

ބާސެލޯނާ ސީފުޑު އެކްސްޕޯގައި ރާއްޖެއިން ބައިވެރިވެއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް ދުނިޔެއަށް އިޝްތިހާރު ކުރުމަށްޓަކައި ބާސެލޯނާ ސީފުޑު އެކްސްޕޯގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.

ސްޕެއިންގެ ބާސެލޯނާ ސިޓީގައި ކުރިއަށްދާ މި އެކްސްޕޯގައި ރާއްޖޭގެ ފަރާތުން މިފްކޯ އަދި އެންސިސް ފިޝަރީޒުންވަނީ ބައިވެރިވެފައެވެ. މި އެކްސްޕޯ ކުރިއަށްދަނީ މިމަހުގެ 26- 28ވަނަ ދުވަހުގެ ނިޔަލަށެވެ. މި އެކްސްޕޯގައި ދުނިޔޭގެ 76 ޤައުމަކުން 1550 ފަރާތަކުން ވަނީ ބައިވެރިވެފައެވެ.

ރާއްޖޭގެ މަހުގެ އުފެއްދުންތައް ދުނިޔެއަށް އިޝްތިހާރުކޮށް އާ މާކެޓުތައް ހޯދުމަށް ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ކޮންމެ އަހަރަކުވެސް ދުނިޔޭގެ އެކި ހިސާބުތަކުގައި ބާއްވާ މިފަދަ އެކްސްޕޯތަކުގައި ދަނީ ބައިވެރިވަމުންނެވެ.

މަސް ކުންފުނިތަކުން މިދިޔަ މާޗް މަހުގެ 13-15 އަށް އެމެރިކާގައި އޮތް ބޮސްޓަން ފެއާގައިވެސް ބައިވެރިވެފައެވެ.

މަސްވެރިން ބާނާ މަހަށް ރަގަޅު އަގު ދިނުން ބިނާވެފައި އޮންނަީ ބޭރުގެ ބާޒާރުތަކުގައި ހުންނަ މަހުގެ އަގުތަކާއި ވާދަވެރި މަހުގެ އުފެއްދުންތަކަކަށް ކަމަށް މަސްކުންފުނިތަކުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!