މަސްވެރިކަމާއި ގުޅޭ

ކޫއްޑޫ ފިޝަރީޒް
ކޫއްޑޫ ފިޝަރީޒް

މިއަދުން ފެށިގެން ކޮންޓްރޯލް ކުރުމެއްްނެތި މަސް ގަންނަމުންދާނެ: މިފްކޯ

ރާއްޖޭގެ ދެކުނުގެ މަސްވެރިކަން ރަނގަޅުވެ، ގަނޑުކުރެވޭ ރޭޓަށްވުރެ އިތުރަށް މިފްކޯއަށް މަސް ލިބެމުންދާތީ މަސް ގަތުމުގައި އެކުންފުނިން ގެންގުޅުނު ކޮންޓްރޯލް ދޫކޮށްލައިފިއެވެ.

މިފްކޯއިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ދެކުނުގެ މަސްވެރިކަން މާރޗް މެދުތެރެއިން ފެށިގެން އާދަޔާއި ޚިލާފަށް ރަގަޅުވެ އެއްފަހަރާ ގިނަދޯނިފަހަރުތަކެއް ސެންޓަރުތަކާއި ބޯޓުފަހަރަށް މަސްކިރުވުމަށްމުން ގޮސްފައިވާތީ މިފްކޯގެ ފްރީޒިންގ ކެޕޭސިޓީއަށް ވުރެން އިތުރަށް މަސް ލިބެމުން ދިޔަ ކަމަށެވެ.

މިކަމާއިގުޅިގެން މަސްވެރިން ބާނާމަސް، ގިނަ ދޯނިފަހަރަށް ކިރުވޭނެގޮތް ހަމަޖައްސައި ދިނުމަށްޓަކައި  އޭޕްރީލް 6 އިން ފެށިގެން މަސްކިރުން ކޮންޓްޜޯލް ކުރެވިފައިވީ ނަމަވެސް އޭޕްރީލް 30ވަނަ ދުވަހުން ފެށިގެން ކޮންޓްރޯލް ކުރުމެއްނެތި މަސްކިރުމުގެ މަސައްކަތް ކުރިޔަށް ގެންދެވޭނެ ކަމަށް މިފްކޯއިން ހާމަކުރެއެވެ.

މިފްކޯއިން އަބަދުވެސް މަސައްކަތްކުރަމުން މިގެންދަނީ މަސްވެރިންނަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށާއި އަވަސް ޚިދުމަތް ފޯރުކޮށްދީ، މަސްވެރިންގެ ކަންބޮޑުވުންތައް ބަލައިގަނެ މިކުންފުނިން ދެވޭ ޚިދުމަތަކީ މަސްވެރިންނަށް ފަސޭހަ ޚިދުމަތަކަށް ހެދުމަށް ކަމަށްވެސް އެކުންފުނިން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!