މަސްވެރިކަމާއި ގުޅޭ

a42527cf74149bb498f9a487bb9a6545f3a39a52-16x9-x0y0w1280h720

ވެލާއަށް ޖެހޭ ނުރައްކާތެރި ބައްޔެއް އޮސްޓްރޭލިއާއިން ފެނިއްޖެ

އޮސްޓްރޭލިއާގެ ވެލާތަކަށް ނުރައްކާތެރި ބައްޔެއް ޖެހެން ފަށައިފިއެވެ.

އޮސްޓްރޭލިއާގެ ކުއީންސްލޭންޑުގެ ގިނަ އަދަދެއްގެ ވެލާތަކަށް މި ބަލި ޖެހިފައިވާއިރު، ގޮނޑުދޮށްތަކަށްދަނީ މި ބަލި ޖެހި ހާލު ދެރަވެފައިވާ ވެލާތައް ލައްގަމުންނެވެ. އަދި މިހާތަނަށް ގިނަ އަދަދެއްގެ ވަލާތައް ވަނީ މަރުވެސް ވެފައެވެ.

މި ބަލި ޖެހުމުން ވެލާގެ ޝެލް ނުވަތަ ފަތްތައް ކުނިވާން ފަށަނީއެވެ. އަދި މި ދުވަސްވަރު މޫސުމީގޮތުން އައިސްފައިވާ ބަދަލުތަކާއި އެކު ވެލާތަކަށް ކާނާ ހޯދުމަށްވަނީ ދަތިވެފައެވެ. ދާދިފަހުން ކުއީންސްލޭންޑަށްވަނީ ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ހާދިސާތައް ހިނގާފައެވެ.މިއާއެކު ކަނޑުގެ ދިރުންތަކަށްވަނީ ގިނަ ގެއްލުންތަކެއް ވެފައެވެ.

އަދި މި އާއި ބަދަލުތަކާއި އެކު ބަލި ޖެހޭ ވެލާތަކުގެ ހާލު އިތުރަށް ގޯސްވާ ކަމަށް މިކަމާއި ގުޅޭ ދިރާސާ ކުރާ ޕްރޮފެސަރއެއް ކަމަށްވާ ކެތީ ޓައުންސެންޑު ހާމަކުރެއެވެ.

ކުރިއަށް އޮތީ އޮސްޓްރޭލިއާއަށް ފިނިމޫސުން ކަމުން ވެލާތަކުގެ ހާލަތު އިތުރަށް ގޯސްވާނެ ކަމަށްވެސް އޭނާ ލަފާ ކުރެއެވެ.

ޖަނަވާރުން ހިމާޔަތްކުރުމަށް މަސައްކަތްކުރާ ފަރާތްތަށް ދަނީ އަވަދިނެތި ވެލާތައް ސަލާމަތްކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ. އަދި މި މަސައްކަތުގެތެރެއިން މިވަނީ ވެލާތަކަށް އާ ބައްޔެއް ޖެހެމުންދާކަން ފާހަގަކުރެވިފައެވެ.

މި ބަލި ޖެހިފައިވާ ބައެއް ވެލާތައް މުޅި ޝެލް އެއްކޮށް ހަލާކުވެފައިވާއިރު، ބައެއް ވެލާތައް ގައިގެ ކަށި ފެންނަ ވަރަށް ހާލަތު ގޯސްވެފައި ހުއްޓާވެސް ވަނީ ސަލާމަތްކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!