މަސްވެރިކަމާއި ގުޅޭ

reglamentacion-pesca-deportiva-en-colombia-wspx640

ކޮލަމްބިއާގައި ސްޕޯޓްސް ފިޝިންގ މަނާކުރަނީ

ކަނޑުތަކުގެ ދިރުމަށް ގެއްލުންވާތީ، ކޮލަމްބިއާގައި ސްޕޯޓްސް ފިޝިންގ މަނާކުރުމަށް އެޤައުމުގެ ހައިކޯޓުން ކޯޓުން ހުކުމްކޮށްފިއެވެ.

މިއާއެކު އަހަރެއްހާ ދުވަސްތެރޭ ސްޕޯޓްސް ފިޝިންގ އެޤައުމުގައި މަނާވެގެންދާނެއެވެ.

ހައި ކޯޓުން ބުނެފައިވަނީ ސްޕޯޓްސް ފިޝިންގަކީ އޭގެ ސަބަބުން ތިމާވެއްޓަށާއި ކަނޑުގެ ދިރުންތަކަށް ބޮޑެތި ގެއްލުންތަކެއް ލިބޭ ކަމެއްް ކަމަށެވެ. މުނިފޫހިފިލުމުގެ ހަރަކާތެއްގެ ގޮތުގައި، މަސް ހިފާ މަސް މަރާ ހެދުމަކީ އިންސާނިއްޔަތުކަން ކުޑަ އަމަލެއްގެ ގޮތުގައި ކޮލަމްބިއާގެ ހައި ކޯޓުުން ވަނީ ސިފަކޮށްފައެވެ.

ސްޕޯޓްސް ފިޝިންގެ ސަބަބުން ލިބޭ ގެއްލުތައް ކަނޑައެޅިގެން ބުނަން ނޭގުނު ނަމަވެސް މަސް މަހާ މެހީގެ ދިރުންތައް ހިމާޔަތްކޮށް ރައްކާތެރިގޮތުގައި ކުރިއަށް އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް މިއީ އަޅަން ޖެހިފައިވާ ފިޔަވަޅެއްގެ ގޮތުގައި ކޯޓުން ދެކެއެވެ.

ކޮލަންބިއާގެ ކޯރުތަކާއި، ކަނޑުތަކާއި، ފެންގަނޑުތަކަކީ ގިިނަ އަދަދެއްގެ ބަޔަކު ސްޕޯޓްސް ފިޝިންގަށްދާ ތަންތަނެވެ. އަދި އެޤައުމުގައި ސްޕޯޓްސް ފިޝިންގަށް މަޝްހޫރު ހިސާބުތައްވެސް ހުރެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!