މަސްވެރިކަމާއި ގުޅޭ

އެއްކިބަދޮން ނިލަމެހި

މިއީ ރާއްޖޭގެ ތިލަފަޅުތަކުގެ މަތީގައްޔާއި ފަރުބޭރުގައި ވަރަށް ގިނައިން އުޅޭ މަހެކެވެ.

މިމަސް އެންމެ ބޮޑުވަނީ 9 ސެންޓިމީޓަރަށެވެ. މަހުގެ މައިގަނޑު ކާނާއަކީ އޮޔާދާ ފަނިފަކުސައެވެ. މިބާވަތުގެ މަސް 30 މީޓަރަށްވުރެ ތިލަ ހިސާބުތަކުގައި ގިނައިން އުޅެއެވެ. މި ޢާއިލާގެ އެހެނިހެން މަސްމަހާއެކު ކުދި އައިން ހަދައިގެން މުރަކަތަކުގެ ނިވަލުގައި އުޅޭކަން ފާހަގަކުރެވެއެވެ. މިއީ ދިވެހިން ކައިއުޅޭ މަހެއްނޫނެވެ. ނަމަވެސް ދިރޭމަސް ބޭރުކުރާ ފަރާތްތަކުން މިބާވަތުގެ މަސް ހިފާ މަދުމަދުން ބޭރުކުރެއެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 12 ހަރުކަށްޓާއެކު 11 ނުވަތަ 12 މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 2 ހަރުކަށްޓާއެކު 12 މަޑުކަށިހުރެއެވެ. މަހުގެ ކުރީކޮޅު ހުންނަނީ ގަދަ މުށިކުލައިގައެވެ. ފަހަތްކޮޅު ހުންނަނީ ހުދުކުލައިގައެވެ. މަހުގެ ކަންފަތްގަޑުގެ ބުޑުދަށް ހުންނަނީ ކަޅުކުލައިގައެވެ. މިމަހަށް ކިޔާ ވަކި ޚާއްޞަނަމެއް ރެކޯޑްކުރެވިފައި ނެތުމާއެކު މިމަހަށް މަލިކުގައި ކިޔާއުޅޭ ނަމާއި، މަހުގައި އެކުލެވޭ އެންމެ ޚާއްސަ ސިފައަށް ވިސްނާ "އެއްކިބަދޮން ނިލަމެހި" ކިޔާފައިވަނީއެވެ.

އިނގިރޭސި ނަން:Twotone chromis
މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!