މަސްވެރިކަމާއި ގުޅޭ

ލިޓަސް ކެރިއާ-2 ، މަރުވި މީހާ މަސައްކަތްކުރަމުން އައީ މި ދޯނީގައި-- ފޮޓޯ: އަދަދު
ލިޓަސް ކެރިއާ-2 ، މަރުވި މީހާ މަސައްކަތްކުރަމުން އައީ މި ދޯނީގައި-- ފޮޓޯ: އަދަދު

ދެ ދޯނި ދޭތެރޭ ފިތިގެން މީހަކު މަރުވެއްޖެ

މ. ތުވަރު ނަމަކަށް ކިޔާ ރަށެއްގައި ބަނދަރުކޮށްފައި އޮތް ދެ ދޯންޏެއްގެ ދޭތެރޭ ފިތިގެން މީހަކު މަރުވެއްޖެ އެވެ.

ފުލުހުން ބުނީ ދެ ދޯނި ދޭތެރޭ މީހަކު ފިތުނު ހާދިސާ ހިނގާފައިވަނީ މޫސުން ގޯސްވެފައި ވަނިކޮށް ކަމަށެވެ.

އެ ހާދިސާ ހިނގާފައި ވަނީ މ. ތުވަރު ކައިރިން ބަނދަރުކޮށްގެން އޮތް ދެ ދޯންޏެއް ކައިރިކޮށްގެން އުޅުމުގެ ތެރޭގައި މިއަދު ހަވީރުކަމަށް ފުލުހުން ބުންޏެވެ. އެ ހާދިސާ ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ މިއަދު ހަވީރު 4:40 ހާއިރުކަމަށް ވެސް ފުލުހުން ބުންޏެވެ.

މީގެ އިތުރުން ފުލުހުން ބުނީ އެ ހާދިސާއަށްފަހު އެމީހާއަށް ފަރުވާދޭންވެގެން މ. މުލި ރީޖަނަލް ހޮސްޕިޓަލަށް ގެނައިއިރު ވެސް އެމީހާ މަރުވެފައިވާކަމަށް ޑޮކްޓަރުން މައުލޫމާތު ދޭ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ހާދިސާގައި މަރުވެފައި ވަނީ  ބ. ހިތާދޫ، އަބްދުﷲ އަހުމަދު، 60، އެވެ. އޭނާ މަސައްކަތް ކުރަމުން އައީ ލިޓަސް ކުންފުނީގެ ދޯންޏެެއްގަ އެވެ. އެ ހާދިސާ ހިނގާފައި ވަނީވެސް އެ ކުންފުނީގެ ދެ ދޯނި ކަމަށް މައުލޫމާތު ލިބެ އެވެ.

ތުވަރަކީ ދެކުނަށް ގޮސް އައިސްވާ ބޯޓުތައް މަޑުކުރަން ބޭނުންކުރާ މ އަތޮޅުގެ ހުޅަނގު ބިތުގެ ރަށެކެވެ. އެ ރަށަކީ އަމިއްލަ ފަރާތަކަށް ކުއްޔަށް ދީފައިވާ ރަށެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!