މަސްވެރިކަމާއި ގުޅޭ

ފިލާ ހިކާ -- ފޮޓޯ/ ސީ އަންސީން

ފިލާހިކާ

މިއީ ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުގައި އުޅޭ ހިކައެކެވެ. މިބާވަތުގެ ހިކާ ގާތްގަޑަކަށް 17 ސެންޓިމީޓަރަށް ބޮޑުވާކަމަށް ވެއެވެ. މިއީ ދިވެހިން ކައިއުޅޭ މަހެއް ނޫނެވެ. މިއީ ފަރުތަކުގެ ގާތަކުގެ ނިވަލުގައި ފިލައިގެން އުޅުމަށް އާދަވެފައިވާ ހިކައެކެވެ. ވުމާއެކު މޫދަށްއެރި ފީނާއުޅޭ މީހުންނަށް މިމަސް ފެނިފައި ހުންނަނީ ވަރަށް މަދުންނެވެ. މިއީ ދިރޭ ކުދިމަސް ބޭރުކުރާ މީހުން ހިފައިގެން ބޭރުކުރާ ހިކާގެ ބާވަތެކެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރީގައި ނުވަ ހަރުކަށްޓާއެކު 10 މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރީގައި ތިން ހަރުކަށްޓާއެކު އަށް މަޑުކަށި ހުރެއެވެ. ލޮލުގެ ފަހަތުން ބޮލުގައި ހުޅުނބު ހުރެއެވެ. މަހުގެ ތިރީ ތުން ހުންނަނީ މަތީ ތުނބަށްވުރެން ބޭރަށް ނުކުމެފައެވެ. މަހުގެ  ނިގޫފަތް ހުންނަނީ ވައްކޮށެވެ. މަހުގެ ކުލައަކީ ރަތް މުށި ކުލައެކެވެ. މަހުގައި ހުދު ކުލައިގެ ކުދި ތިކިތަކެއް ހުރެއެވެ. ތުނބުގައި ގަދަ މުށިކުލައިގެ ލަފެއް ހުރެއެވެ. މިބާވަތުގެ މަހުގެ އަރިމަތީގައި ކަޅުކުލައިގައި ހުންނަ ކުދިތިކިތަކެއް، ބަރިއަކަށް ވާގޮތަށް ހުރެއެވެ. މިބާވަތުގެ ހިކައަކީ ވައިފުޅި އަޅައިގެން އަޑިއަށް ފީނާއުޅޭ މީހުންނާއި މޫނުމަތި އަޅައިގެން ފަރުމައްޗަށް އެރިއުޅޭ މީހުން އަޅައިގަންނަ ކުލައެއްގައި ހުންނަ ހިކައެއްނޫނެވެ. މިމަހަށް ކިޔާ ވަކި ޚާއްސަ ނަމެއް ރެކޯޑްކުރެވިފައި ނެތުމާއެކު މިމަހަށް ކިޔާ އިނގިރޭސިނަމާ ގުޅޭގޮތަށް އެސޮރުގެ އުޅުން ހުންނަގޮތަށް ވިސްނާ "ފިލާހިކު" ކިޔާފައިވަނީއެވެ.

އިނގިރޭސި ނަން:Snooty wrasse

މަސްދަރު:ފިޝަސް އޮފް ދަ މޯލްޑިވްސް މެރިން ރިސާޗު ސެންޓަރ، 2003

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!