މަސްވެރިކަމާއި ގުޅޭ

ވ. އަތޮޅު އެތެރެވަރީގައި ބޮޑުމަހެއް އޮޔާދަމުންދާ މަންޒަރު ހިމެނޭ ވީޑިއޯއެއްގެ ސްކްރީންޝޮޓް
ވ. އަތޮޅު އެތެރެވަރީގައި ބޮޑުމަހެއް އޮޔާދަމުންދާ މަންޒަރު ހިމެނޭ ވީޑިއޯއެއްގެ ސްކްރީންޝޮޓް

މަރުވެފައި އޮތް ބޮޑުމަހެއް އޮޔާދަނީ

މަރުވެފައި އޮތް ބޮޑު މަހެއް ވ.މަޑަންގިރި ކައިރިން ފެނިއްޖެ އެވެ.

މަރުވެފައި އޮތް ބޮޑު މަހެއް ކަނޑުމަތީ އޮއްވައި ފެންނަ މަންޒަރުގެ ވީޑިއޯއެއް ވ. އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު އަލީ ވަނީ ޓްވީޓާ މެދުވެރިކޮށް ހިއްސާކުރައްވައިފަ އެވެ.

ޝުޖާއު ވިދާޅުވީ މަރުވެފައިވާ ބޮޑު މަހެއް ވ.އަތޮޅު މަޑަންގިރިއޭ ކިޔާ ފަޅު ކައިރިން ފެނިގެން ވ.އަތޮޅު ޕޮލިސް އިން ރިޕޯޓް ކޮށްފައިވާކަމަށެވެ.

އެ މަހުގައި 25 ވަރަކަށް ފޫޓު ހުންނާނެ ކަމަށައި އެ މަސް ވ.އަތޮޅު އެތެރެވަރީގައި އޮޔާދާކަމަށް ފުލުހުން އަތޮޅު ކައުންސިލަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު ކަމަށްވެސް ޝުޖާއު ވިދާޅުވި އެވެ.

މިވަގުތު އޮޔާއި، ވައި ހުރިގޮތުން މަސްލައްވާނެކަމަށް ލަފާކުރެވެނީ ވ.ތިނަދޫ ނުވަތަ މަޑުއްވަރީ ފަޅަށްކަމަށެވެ. އެހެންކަމުން ކަންތައް ކަމާބެހޭ ފަރާތްތަކަށް ރިޕޯޓްކޮށްފައިވާކަމަށް ވ.އަތޮޅު ކައުންސިލުން ބުނެ އެވެ.

ބޮޑުމަސް ފެނުމަކީ ރާއްޖޭގައި މާ އާންމު ކަމެއް ނޫނެވެ. ނަމަވެސް މީގެ ހަތަރު އަހަރު ކުރިން މާލެ ކަނޑުއޮޅިން ވަނީ ބޮޑުމަހެއް ފެނިފަ އެވެ. އަދި ބ. ގޮއިދޫ ފަޅުތެރެއިން މީގެ ފަސް އަހަރު ކުރިން ވަނީ ބޮޑުމަހެއް ފެނިފަ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!