މަސްވެރިކަމާއި ގުޅޭ

FTReQMLacAAe4ra

8 މީހުންނާއެކު ދަތުރުކުރި ބޯޓެއް ފަރަށް އަރައިފި

އަށް މީހުންނާއެކު ދަތުރު ކުރަމުން ދިޔަ ބޯޓެއް ފަރަކަށް އަރައިގެން އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފި އެވެ.

އެއީ މާލެއިން ފުރައިގެން ލ. އަތޮޅަށް ދަތުރު ކުރަމުންދިޔަ "މާވަހަރު ސްޓާ" ނަމަކަށް ކިޔާ ބޯޓެކެވެ. އެ ބޯޓު އަރާފައި ވަނީ މ. މުއްޔާއި މ. ކޮޅުފުއްޓާ ދެމެދުން ފަރަކަށެވެ.

އެމްއެންޑީއެފުން ބުނީ ސެންޓްރަލް އޭރިއާ ކޮމާންޑު ކޯސްޓުގާޑު ސްކޮޑްރަންއިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.

މީ މިއަދު ކަނޑުމަތީގައި ހިނގި މިފަދަ ދެވަނަ ހާދިސާ އެވެ.

މިއަދު ކުރިން ވަނީ އަދި 16 މީހުންނާއެކު މަސްވެރިކަމަށް ނިކުމެއުޅުނު "އުފާ" ނަމަކަށް ކިޔާ މަސް ދޯންޏެއް، ތ.ގާދިއްފުށި ކައިރިން ފަރަކަށް އަރާފަ އެވެ.

އެމްއެންޑީއެފުން ދަނީ އެ ދެ އުޅަނދު ފުން ކުރުމުގެ މަސައްކަތް ފަށާފަ އެވެ. މިއިން އެއްވެސް ހާދިސާއެއްގައި މީހަކަށް އަނިޔާވިކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެ އެވެ.

މިދުވަސްވަރަކީ ރާއްޖެ ސަރަހައްދަށް މޫސުން ގޯސްވެ ކަނޑުގަދަ ދުވަސްވަރެކެވެ.ނަމަވެސް މި ދެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި އެނގިފައެއް ނުވެ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!