މަސްވެރިކަމާއި ގުޅޭ

1550376260

ލޯންޗް އެކްސިޑެންޓެއް ހިނގައި، 2 މީހުން މަރުވެއްޖެ

މިރޭ ހިނގި ލޯންޗް އެކްސިޑެންޓެއްގައި ދެ މީހަކު މަރުވެއްޖެ އެވެ.

އެ އެކްސިޑެންޓް ހިނގާފައިވަނީ ގއ. ވިލިނގިލީ ނެރުން ވަންނަން އުޅުމުގެ ތެރޭގައި، ނެރުގައި ޖެހިގެންނެވެ.

ފުލުހުން ބުނީ، ނެރުގައި ޖެހުމުން އެދެމީހުން ކަނޑަށް ވެއްޓި ގެއްލުނު ކަމުގެ ރިޕޯޓުވެސް ލިބިފައިވާ ކަމަށާއި ފެނުނު ދެމީހުންވެސް މަރުވެފައިވާ ކަމަށެވެ.

ބާކީ ލޯންޗުގައި ތިބި ތިން މީހުންނަށްވެސް ސީރިއަސް ޒަހަމުތަކެއް ލިބިފައިވާއިރު، އެ ތިން މީހުންނަށް ވިލިގިލީ ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ. ފަރުވާދެމުންދާ މީހުންގެ ހާލު ސީރިއަސްކަމަށް މައުލޫމާތު ލިބެއެވެ.

އެ ހާދިސާ ހިނގާފައިވަނީ މިރޭ 7:15 ހާއިރުއެވެ.

ފުލުހުން ބުނީ، އެ ހާދިސާ އާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން ދާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!