މަސްވެރިކަމާއި ގުޅޭ

ގަޅިކެނޑި ތުންބޮޑުހިކާ

މިއީ ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުގައި އުޅޭ ބޮޑު އިސްކޮޅެއްގެ ހިކައެކެވެ.

މިމަސް އެންމެ ބޮޑުވާނީ 45 ސެންޓިމީޓަރަށެވެ. މިއީ ދިވެހިން އާއްމުގޮތެއްގައި ކެއުމަށް ބޭނުންކޮށް އުޅޭ މަހެއްނޫނެވެ. މިއީ 1 މީޓަރުން ފެށިގެން 20 މީޓަރާ ދެމެދުގެ ފުންމިނުގައި އުޅޭ މަހެކެވެ. މަހުގެ އާއްމު ކާނާއަކި ފަރުތަކުގެ އަޑީގައި އުޅޭ ކުދި ކަކުނިފާޑުގެ ސޫތްޕާއި، ބޮލީގެ ބާވަތްތަކާއި ހިޔަމައިގެ ބާވަތްތަކެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 9 ހަރުކަށްޓާއެކު 11 މަޑުކަށިހުރެއެވެ. މަހުގެ ހުންނަ މައިގަނޑު ކުލައަކީ ކަޅުކުލައެވެ. ދެފަރާތުގައި ހުދުކުލައިގެ ފުޅާ ގަޅިތަކެއް ހުރެއެވެ. ބޮލުގެ މަތިބައި ހުންނަނީ ފެހިކުލައެއްގައެވެ. ތިރީބައި ހުންނަނީ ދޮންކުލައެއްގައެވެ. ބޮލުގެ ތިރީބައިގައި ނުލާއި މުށިކުލައިގެ ކުރެހުންތަކެއް ފާޅުކޮށް ފެންނަން ހުރެއެވެ. މަހުގެ ބުރަކަށިމަތީ ކޮތަރިބައިގެ ކުލައަކީ ދޮންމުށިކުލައެވެ. މިކޮތަރިބައިގައި ނޫކުލައިގެ ލައްތަކަކާއި ކުރެހުންތަކެއް ހުރެއެވެ. ނިގޫފަތުގެ ކުލައަކީ ދޮން މުށިކުލައެވެ.

މިމަހަށް ކިޔާ ވަކިޙާއްސަނަމެއް ރެކޯޑުކުރެވިފައި ނެތުމާއެކު މިއީ ހިކާގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ އާދަޔާ ހިލާފަށް ތުންފަތް ބޮޑުކޮށް ހުންނަ ބާވަތެއްކަމުންނާއި، މަހަށްކިޔާ ސައިންޓފިކް ނަމާއި އިނގިރޭސީ ނަމާއި ގުޅޭގޮތަށް މިމަހަށް "ގަޅިކެނޑި ތުންބޮޑުހިކާ" ކިޔާ ނަންދީފައިވަނީއެވެ.

އިނގިރޭސި ނަން: Barred thicklip wrasse
މަސްދަރު:ފިޝަސް އޮފް ދަ މޯލްޑިވްސް މެރިން ރިސާޗު ސެންޓަރ، 2003
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!