މަސްވެރިކަމާއި ގުޅޭ

ދޫނި ފައްސާ ފަށް ބޭނުން ކުރާނީ ކިހިނެތް؟

ދޫނި ފައްސާ ފަށަކީ ކޮބައިކަން މީގެ ކުރީގެ އާޓިކަލްއެއްގައި މަސްވެރި އޮންލައިންއިން ވާނީ ގެނެސްދީފައެވެ.

އޭގެ ތެރޭގައި، ލޭނު އެޅުމުގެ މަރުހަލާ ފެށުމުގެ ކުރިން ކުރަންޖެހޭ މަސައްކަތާއި، ދޫނި ފައްސާ ފަށުގެ ކުލަތަކާއި މިންތައް ހިމެނޭނެއެވެ.

އެހެންކަމުން މި ލިޔުން ހާއްސަ ވާނީ، ދޫނި ފައްސާ ފަށް ބޭނުން ކުރާނެ ގޮތާމެދުގައެވެ.

ލޭނު އެޅުމުގެ މަރުހަލާއަށް ފަށައިގަތުމުގެ ކުރިން ދޫނި ފައްސާ ފަށް ހަރުކުރަން ވާނެއެވެ. ދޫނި ފައްސާ ފަށުގެ ނިވަލުގައިވާ ސަރަހައްދުގައި މަދުވެގެން 100 މީޓަރު ހުންނަން ވާނެއެވެ.

ދޫނި ފައްސާ ފަށުގެ ދިގުމިނުގައި މަދުވެގެން 100 މީޓަރު ހުންނަން ޖެހޭނެ

މިގޮތަށް މިކަން ކުރުމަށްޓަކައި، ދޫނި ދައްސާ ފަށް ހަރުކޮށްފައި ހުންނަން ވާނީ ދޯނީގެ ކޮޅުފަސްކޮޅުގައި، ފެނުގެ މަތީ ފަށަލައިން ފެށިގެން 5 މީޓަރަށްވުރެ ތިރި ނުވާނެ ފަދައިން، ދަނޑިއެއްގައެވެ.

މި ދަނޑި ހުންނަން ވާނީ، ދޯނީގެ ކޮޅުފަސްކޮޅުގައި އެއިރެއްގައި ވައިޖެހޭ ގޮތަށް ބަލައި، ލޭނުގެ މައްޗަށް ދޫނި ފައްސާ ފަށް އަރާ ގޮތަށެވެ.

ދޫނި ފައްސާ ފަށުގައި ހަރުކޮށްފައިވާ ފަށްތައް ހުންނަންވާނީ ލޭނުކޮޅުގެ މައްޗަށް ވާގޮތަށެވެ. އަދި އެ ފަށުގައި ހަރުކޮށްފައި އޮންނަ ފްލޯޓް އޮންނަންވާނީ އުޅަނދު ހުރަސްކޮށް ވައިޖެހޭ އިރުވެސް ލޭނުކޮޅުމަތިން ދޫނި ފައްސާ ފަށް ނައްޓައިގެން ނުދާ ގޮތަށެވެ.

ލޭނު އަޅާއިރު، ދޫނި ފައްސާ ފަށް އޮޅި، ހަލާކުވުން ފަދަ ކަމެއް ދިމާވެދާނެތީ، ބަދަލުގައި ބޭނުން ކުރާނެ އިތުރު ދޫނި ފައްސާ ފަށެއް ދޯނީގައި އޮންނަން ވާނެއެވެ.

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!