މަސްވެރިކަމާއި ގުޅޭ

MIFCO (9)

މާދަމާއަކީ "ފަސްމީރު އެންމެ މީރު" ޕްރޮމޯޝަންގެ ފަހު ދުވަސް

މިފްކޯގެ މި އަހަރުގެ ރަމަޟާންމަހަށް ހާއްސަކޮށްގެން ބާއްވާ އަހަރީ ޕްރޮމޯޝަން "ފަސްމީރު އެންމެ މީރު" ޕްރޮމޯޝަން މާދަމާ ނިމޭނެއެވެ.

މިޕްރޮމޯޝަން ކުރިއަށް ގެންދެވުނީ މާލެ ސަރަހައްދުގެ ތިން މަސްފިހާރައިގެ އިތުރުން ފެލިވަރު، ކޫއްޑޫ އަދި އައްޑޫގައި ހުންނަ މިފްކޯގެ ސައިޓްފިހާރަތަކުގައެވެ. މި ޕްރޮމޯޝަންގެ މުއްދަތުގައި މިފްކޯއިން ކުރައްވާ 200 ރުފިޔާއިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ދޫކުރާ ކޫޕަންގައިވާ ކިޔު އާރު ކޯޑު މެދުވެރިކޮށް ކަސްޓަމަރުންގެ މައުލޫމާތު ފުރިހަމަކުރައްވާ ކޫޕަންގެ އެތެރޭގައިވާ ކޯޑު ޖެއްސެވުމުން މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ.

މިހާތަނަށް ކޫޕަން ލިބި ޕްރޮމޯޝަންގައި ބައިވެރިނުވެވޭ ކަސްޓަމަރުންނަށް 1 ޖޫން 2022 ގެ މެންދަމު 12:00އާއި ހަމައަށް ޕްރޮމޯޝަންގައި ބައިވެރިވެވޭނެކަމަށް މިފްކޯއިން މައުލޫމާތުދެއެވެ. މިއަހަރު ފައިސާގެ އިނާމާއިއާއިއެކު މިޕްރޮމޯޝަންގައި ކޮންމެ ހަފްތާއަކުހޮވޭ ނަސީބުވެރި ފަރާތެއްގެ އިތުރުން، ބައިވެރިވާ ހުރިހައި ކަސްޓަމަރުންގެ މެދުގައި އެންމެ ނަސީބުވެރި އެއްފަރާތެއް ހޮވުމަށް ހަމަޖެހިފައިވެއެވެ. ޖުމްލަ 13 ހަފްތާއަށް މިޕްރޮމޯޝަން ކުރިއަށް ގެންދެވިފައިވަނީ ކޮންމެ ހަފްތާއަކު ނަސީބުވެރި ކަސްޓަމަރަކަށް 5000 ރުފިޔާގެ ބީ.އެމް.އެލް ގިފްޓް ކާޑެއް ލިބޭގޮތަށެވެ.

އަދި ހުރިހައި ބައިވެރިންގެ މެދުގައި ހޮވޭ އެންމެ ނަސީބުވެރި ކަސްޓަމަރަށް އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމެއްދިނުމަށްވަނީ ހަމަޖައްސާފައެވެ. "ފަސްމީރު އެންމެ މީރު" ޕްރޮމޯޝަން ކުރިއަށްދާ ގޮތުގެ ތަފްސީލުތައް މިފްކޯ މަސްފިހާރައިގެ ފޭސްބުކް ޕޭޖްމެދުވެރިކޮށް ކަސްޓަމަރުންނަށްވަނީ ދެވިފައެވެ. އަދި ހަފްތާގެ ނަސީބުވެރި ކަސްޓަމަރުގެ ގުރުއަތުލުންވެސް މިފްކޯ ފޭސްބުކް ލައިވް މެދުވެރިކޮށް ވަނީ ގެނެސްދެވިފައެވެ.

މިފްކޯގެ އުފެއްދުންތަށް ތައްޔާރުކުރުމަށް ބޭނުންވާ މަހުގެ އަގު ބޮޑުވުމުގެ އިތުރުން، ރާއްޖެއިން ބޭރުން އިމްޕޯޓުކުރާ ރޯމެޓީރިއަލްގެ އަގުތައް ވަރަށް ބޮޑުތަނުން އުފުލިފައިވުމާއިއެކުވެސް، ކުންފުނީގެ އުފެއްދުންތަކުގެ އަގަށް ބަދަލު ނުގެނެސް ރޯދަމަހުގެ ޕްރޮމޯޝަންގެތެރޭގައި ކަސްޓަމަރުންނަށް މިފްކޯގެ އުފެއްދުންތައް ރަނގަޅު އަގުތަކެއްގައި ލިބޭނެ އިންތިޒާމްވަނީ ހަމަޖެއްސިފައެވެ. ރޯދަ ޕްރޮމޯޝަން ނިމުމުން، ކުރިން އާންމުކުރެވިފައިވާ ފަދައިން މިފްކޯގެ އުފެއްދުންތަކުގެ އަގުތައް މުރާޖައާކުރާނެކަމަށްވެސް އެކުންފުނިން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!