މަސްވެރިކަމާއި ގުޅޭ

ކަނޑުއަޑިން ކަންނެލި
ކަނޑުއަޑިން ކަންނެލި

ރާއްޖޭގެ ކަނޑުތަކަށް ކަނޑުމަހާއި ކަންނެލި ގިނައން އަންނަނީ ރާއްޖެ އޮންނަ ސަރަހައްދުގެ ގޮތުން

އިންޑިޔާ ކަނޑުގެ މެދުގައި ރާއްޖެ ގާއިމު ވެފައި އޮންނަ ސަރަހައްދަށް ބަލައިލާއިރުވެސް، ރާއްޖެއަށް ވަރަށް ހާއްސަ ސިފަތަކެއް ލިބިގެންވެއެވެ.

އިންޑިޔާ ކަނޑުގެ މެދުތެރޭގައި ރާއްޖެ އޮންނާތީ، އުތުރުން ދެކުނަށް ކަނޑު މެދުގައި ހުންނަ ބޮޑު ފަރުބަދަތަކެއްހެންނެވެ. މިހެން ހުރުމުން، ދެ މޫސުމުގައިވެސް ރާއްޖެއާ ދިމާއަށް ދަތުރުކޮށްފައި އަންނަ އޮއެވަރު، ރާއްޖޭގެ ކަނޑުއަޑީގައި ހުންނަ ސްޓްރަކްޗާގައި އަޅައިގަތުމުން، އެ އޮއެވަރަށް ބަދަލު އާދެއެވެ.

އޭގެ ސަބަބުން ކަނޑުއަޑީގައި ހުންނަ ތަފާތު ނިއުޓްރިއަންޓްސްތައް ކަނޑުގެ މަތީ ފަށަލައަށް ނެގިގެންދެއެވެ. އޭގެ ސަބަބުން ރާއްޖޭގެ ސަރަހައްދުގައި އާދަޔާ ޚިލާފަށް ޕްރޮޑަކްޓިވިޓީ އިތުރުވެގެންދާ ކަމަށާއި މިހާތަނަށް ހަދާފައިވާ ދިރާސާތަކުންވެސް އެކަން އެނގޭ ކަމަށް މޯލްޑިވްސް މެރިން އިންސްޓިޓިއުޓްގެ ސީނިއާ ސައިންޓިފިކް އޮފިސަރ، ޑރ. އަހުމަދު ރިޔާޒް ޖައުހަރީ ވިދާޅުވިއެވެ.

ދުނިޔޭގެ ކަނޑުތަކުގެ ދުވަހާ ގުޅިގެން ސަންގުޓީވީގައި ރިޔާޒް ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭ އޮންނަ ސަރަހައްދުގެ ގޮތުން، ރާއްޖޭގެ ކަނޑުތަކުގައި ކަނޑުމަހާ ކަންނެލި ގިނަވުމަށް މަގުފަހިވާ ކަމަށް ފާހަގަ ކުރެއްވިއެވެ. ރާއްޖޭގެ ކަނޑުތަކުގެ އަޑީގައި ހުންނަ ސީމައުންޓްސްތަކާއި ރާއްޖޭގެ އަތޮޅުތަކާއި، ދެ އަތޮޅު ދޭތެރޭގައި ހުންނަ ކަނޑުއޮޅިތައް އުފެދިފައި ހުންނަ ގޮތުން، ރާއްޖޭގެ ސަރަހައްދަށް ވަރަށް ބައިވަރު ކަނޑުމަހުގެ ބާވަތްތައް، އެހެން ސަރަހައްދުތަކުން ދަތުރު ކޮށްފައި ވަންނަކަމަށް ރިޔާޒް ވިދާޅުވިއެވެ.

މިތަކެތި ރާއްޖޭގެ ސަރަހައްދުތަކުގައި ދުވަސްކޮޅެއް ހޭދަ ކުރުމަށްފަހު ނުކުމެގެން ދެއެވެ. އެހެން ދަތުރު ކުރުމުގައި، ރާއްޖޭގެ ސަރަހައްދުތަކަށް އާދަޔާ ހިލާފަށް ގިނައިން ކަނޑުމަހުގެ ބާވަތްތަކާއި ކަނޑުގައި ދިރިއުޅޭ އެހެން މެގާ ފައުނާގެ ބާވަތްތައް ވަދެއެވެ.

އަދި ކަނޑުމަހާއި ކަންނެލި އޭގެ ޒާތުގައި ރާއްޖޭގެ ކަނޑުތަކުގައި ހިފެހެއްޓެއެވެ. އެހެންކަމަށް ވުމާއެކު ރާއްޖެއަކީ ޒަމާނުއްސުރެން ކަނޑުމަހުގެ މަސްވެރިކަމަށް ބަރޯސާވާ ގައުމަކަށް ވަނީ ވެފައެވެ. ނަމަވެސް އިންޑިޔާ ކަނޑުގައި ބައެއް ބާވަތުގެ މަހުގެ ސްޓޮކް ނެތިދާނެ ކަމަށް ދިރާސާތަކުން ދައްކާކަމަށް ރިޔާޒް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!