މަސްވެރިކަމާއި ގުޅޭ

leopard-seal

ރާއްޖެއިން ސީލްއެއް ފެނިއްޖެ

ރާއްޖެއިން އާއްމުކޮށް ނުފެންނަ ބާވަތެއް ކަމަށްވާ 'ސީލް'އެއް މިއަދު އައްޑޫ ސިޓީ ހިތަދޫއިން ފެނިއްޖެއެވެ.

މި ނޫހާ ވާހަކަ ދެއްކި މީހަކު ކިޔައިދިން ގޮތުގައި، މި ސީލް ފެނިފައި ވަނީ، އެރަށު މޫދަށް އެރޭ ސަރަހައްދުން، މިއަދުގެ ވަގުތެއްގައެވެ.

ލަފާކުރެވޭ ގޮތުގައި އެ ސީލްގެ ދިގުމިނުގައި އަށެއްކަ ފޫޓު ހުންނާނެއެވެ. ސޯޝަލް މީޑިޔާގައި އާއްމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި، ސީލް ދެފެން ދޭތެރޭގައި އޮތުމަށްފަހު އަޑިއަށް ދެއެވެ.

MvCrisis - 🚨#Breaking: Addu City Hithadhoo Kanbiha Beach... | Facebook

އައްޑޫ ހިތަދޫ ކަނބިހާ ބީޗް ސަރަހައްދު މޫދުން ސީލްއެއް ފެނިގެން އުޅޭކަމުގެ މައުލޫމާތު، މިއަދު ހަވީރު 5:15 ހާއިރު ފުލުހަށް ލިބިފައިވާކަމަށް ފުލުހުން މައުލޫމާތުދިނެވެ.

"އެ ސަރަހައްދުގައި ފުލުހުންނާއި އެމްއެންޑީއެފް އިން ދަނީ ހަރަކާތްތެރިވަމުން" ފުލުހުން މައުލޫމާތުދިނެވެ.

ސީލް އާއްމުކޮށް އުޅެނީ ފިނި ގައުމުތަކުގައެވެ. އަދި މިއީ ރާއްޖޭގައި އެއްގޮަތަކަށްވެސް އުޅޭ ބާވަތެއް ނޫނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!