މަސްވެރިކަމާއި ގުޅޭ

GMz98p_X0AAmhzG

ވަޒީރު ޝިޔާމު އެމްއެސްޕީއީއޭގެ އިސް ފަރާތްތަކާ ބައްދަލު ކުރައްވައިފި

ކަނޑުމަސް ޕްރޮސެސްކޮށް، ބޭރުކުރުމުގެ މަސައްކަތްކުރާ ފަރާތްތައް ތަމްސީލުކުރާ ޖަމިއްޔާ ކަމުގައިވާ މޯލްޑިވްސް ސީފުޑް ޕްރޮސެސާސްއާއެކު މަސްވެރިކަމާއި ކަނޑުގެ ދިރުންތަކާބެހޭ ވަޒީރު އަހުމަދު ޝިޔާމް، މަސްވެރިކަމުގެ ދާއިރާގެ ކަންބޮޑުވުުންތައް ހައްލުކުރަން މަޝްވަރާ ކުރައްވައިފިއެވެ.

މި ބައްދަލުވުމާ ބެހޭގޮތުން މަސްވެރިކަމާއި ކަނޑުގެ ދިރުންދަތާބެހޭ ވުޒާރާއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ވަޒީރު އަޙްމަދު ޝިޔާމު އެމްއެސްޕީއީއޭގެ އިސް ފަރާތްތަކާ ބައްދަލު ކުރައްވފައިވާ ކަމަށެވެ. އަދި މި ބައްދަލުކުރެއްވުމުގައި އެމްއެސްޕީއީއޭއާއި އިންޑަސްޓްރީގެ އެހެނިހެން ފަރާތްތަކާ ގުޅިގެން މަސްވެރިކަމުގެ ސިނާއަތުގައި ހުރި ކަންބޮޑުވުންތައް ހައްލު ކުރާނެ ގޮތްތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށް އެ ވުޒާރާއިިން ބުންޏެވެ.

މަސްވެރިކަމުގެ ސިނާއަތަށް ކުރިމަތިވެފައިވާ ހުރިހާ ގޮންޖެހުންތައް ހައްލު ކޮށްދެއްވާނެ ކަމަށް ވަޒީރު މީގެ ކުރިން ވިދާޅުވެފައި ވެއެވެ. އަދި މިސަރުކާރުން މަސްވެރިންނަށް ވީ ވައުދުތަކުގެ ތެރެއިން ބައެއް ވައުދު ފުއްދުމަށް މިހާރު ވަނީ މަސައްކަތްވެސް ފަށާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީވެސް މި ސަރުކާރަށް ލިބިފައިވާތީ، މަސްވެރިކަމުގެ ސިނާއަތަށް ކުރިމަތިވެފައިވާ ހުރިހާ ގޮންޖެހުމެއް މި ސަރުކާރުން ހައްލު ކޮށްދޭނެ ކަމަށް މަސްވެރިން އުންމީދު ކުރެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published.