މަސްވެރިކަމާއި ގުޅޭ

އެންކެޔޮޅުން އެންއުކަނީ - ފޮޓޯ: މަޑަވެލި މަސްވެރިން
އެންކެޔޮޅުން އެންއުކަނީ - ފޮޓޯ: މަޑަވެލި މަސްވެރިން

ގދ އަތޮޅު ރިސޯޓުތައް ކައިރީ އެންވެރިކަން ނުކުރުމަށް އަންގައިފި

ގދ އަތޮޅު ރިސޯޓުތައް ކައިރީ އެންވެރިކަން ނުކުރުމަށް، ހުވަދު އަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާއިން އަންގައިފިއެވެ.

ގައްދޫ ކައުންސިލުން މިއަދު އާއްމުކުރި އިއުލާނެއްގައި ބުނީ، އެ އަތޮޅު ބައެއް ރިސޯޓުތައް ކައިރިން އެންވެރިކަން ކުރާތީ، ފަތުރުވެރިންނަށް އެކަމުގެ އުނދަގޫތަކާ ކުރިމަތިވެ، ރިސޯޓުތަކުން އެކަމުގެ ޝަކުވާ ކައުންސިލަށް ހުށަހަޅާފައިވާ ކަމަށެވެ.

"މިގޮތަށް ރިސޯޓުތައް ކައިރީގައި ރޭގަނޑުގެ ވަގުތުގައި ގަދަ އަލި ބޭނުންކުރުމާއި، ޖަނަރޭޓަރާއި އިންޖީނުގެ ގަދަ އަޑުފަށްގަނޑުން، ވަކިން ޚާއްސަކޮށް ރިސޯޓުގެ މޫދު ކޮޓަރިތަކުގައި ތިބޭ ފަތުރުވެރިންނަށް ބިރުވެރިކަން އިޙުސާސްވާ ކަމަށް ރިސޯޓުތަކުން ބުނެފައިވޭ،" ކައުންސިލްގެ ބަޔާނުގައިވެއެވެ.

މީގެއިތުރުން ކައުންސިލުން ބުނީ، ކުރިއަށް އޮތް ތަނުގައި މިކަން ތަކުރާރުވާ ނަމަ، ކަމާބެހޭ ފަރާތަށް އެ މަސްވެރި އުޅަނދުތަކުގެ މައްސަލަ ރިޕޯޓު ކުރާނެ ކަމަށް ރިސޯޓުތަކުން ކައުންސިލަށް އަންގާފައިވާ ކަމަށެވެ. އަދި އެކަމަށްޓަކައި ދޯނިފަހަރުގެ ނަމާއި ރަޖިސްޓްރޭޝަން ނަންބަރު ރިކޯޑުކޮށްފައިވާކަމަށް ރިސޯޓްތަކުން ބުނެފައިވާކަމަށް ކައުންސިލްގެ ބަޔާނުގައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!