މަސްވެރިކަމާއި ގުޅޭ

މިސިސިޕީގެ ބީޗަކަށް ވެލައެއް ބިސް އެޅުން، ފޮޓޯ- މެރިން އިންސްޓިޓިއުޓު
މިސިސިޕީގެ ބީޗަކަށް ވެލައެއް ބިސް އެޅުން، ފޮޓޯ- މެރިން އިންސްޓިޓިއުޓު

އަހަރުތަކަކަށް ފަހު މިސިސިޕީއަށް ވެލައެއް ބިސް އަޅަން އަރައިފި

ހަތަރު އަހަރުގެ މެދުކެނޑުމަކަށް ފަހު، އެމެރިކާގެ މިސިސިޕީ ސްޓޭޓަށް ވެލައެއް ބިސް އަޅަން އަރައިފިއެވެ. އެގޮތުން އެސްޓޭޓުގެ އިންސްޓިޓިއުޓް ފޮރ މެރިން މެމަލް ސްޓަޑީސްއިންވަނީ މިކަމާ އުފާ ފާޅުކޮށް، ފޭސްބުކްގައި ޕޯސްޓެއްކޮށްފައެވެ.

އެގޮތުން ބިސްވަޅު ފެނިފައިވަނީ ހެރިސަން ކައުންޓީ ސޭންޑު ބީޗު ކުރޫގެ މެމްބަރަކަށް ކަމަށާއި، އޭނާ ކުރި ރިޕޯޓަކާއި ގުޅިގެން އިންސްޓިޓިއުޓްގެ ސްޓާފުންގޮސް އެ ސަރަހައްދު ޗެކުކޮށް އެއީ ވެލާ ބިސްވަޅެއްގައި ކަށަވަރުކޮށްފައިވާ ކަމަށް އެ އިންސްޓިޓިއުޓުން ބުނެއެވެ.

ބިސްވަޅު ހިމާޔަތްކުރުމަށް އެ ހިސާބު ވަށައިގެން ޓޭޕު ވަނީ ދަމާފައެވެ.

މެރިން އިންސްޓިޓިއުޓުން ބުނާގޮތުގައި އެ ހިސާބުން އެންމެ ފަހުން ބިސްވަޅެއް ފެނިވަނީ 2018ވަނަ އަހަރުއެވެ. މިފަހަރު ފެނިފައިވާ ބިސްވަޅުން ބިސްތައް ފީވާން 50-60 ދުވަސް ނަގާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ވެލައެއް ބިސް އަޅަން މިސިސިޕީގެ ބީޗަށް އެރުމަކީ ވަރަށް ހެޔޮ ފާލެއްގެ ގޮތުގައި އިންސްޓިޓިއުޓުން ދެކެއެވެ. އެގޮތުން މީގެން ދައްކައިދެނީ ވެލާގެ އާބާދީއަށް ހެޔޮ ބަދަލެއް އަންނަމުންދާކަން ކަމަށްވެސް އެފަރާތުން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!