މަސްވެރިކަމާއި ގުޅޭ

261d4cd2-59b3-4f21-bfca-9593797d737a-qhf9wxc5cns647buih3knynnfw01e3fscckwvyqhzc

މަސްވެރިކަމާ ބެހޭ ތައުލީމުދޭ ކޮލެޖުގެ ކޯސްތައް އޮގަސްޓް މަހު ފަށަނީ

މަސްވެރިކަމާ ބެހޭ ތައުލީމުދޭ ކޮލެޖް ގާއިމުކޮށް، އޮގަސްޓު މަހު ކޯސްތައް ފަށަން މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީއިން ނިންމައިފިއެވެ.

މަސްވެރިކަމާ ބެހޭ ތައުލީމާ ތަމްރީންދޭ ކޮލެޖު ގާއިމްކުރުމުގެ ފިޝަރީޒް މިނިސްޓްރީއާއި އެމްއެންޔޫއިން އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅުގައެވެ.

މަސްވެރިކަން ތަރައްގީކުރުމަށް ހާއްސަ ކޮލެޖެއް ގާއިމްކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އަދި އެއީ ސަރުކާރުގެ ހަފްތާ-14 ގެ ތެރޭގައިވެސް ހިމެނޭ ކަމެކެވެ.

އެކަމާ ގުޅިގެން އެމްއެންޔޫގެ ވައިސް ޗާންސެލަރު އައިޝަތު ޝެހެނާޒް އާދަމް މިއަދު ވިދާޅުވީ، ކޮލެޖުގެ ފުރަތަމަ މަރުހަލާގައި ހިންގުމަށް ހަމަޖެހިފައި ވަނީ ކުރު ކޯސްތަކެކެވެ. އަދި މަސްވެރިކަމުގެ ތައުލީމުދޭ ކޮލެޖު ފެށުމާއެކު، އެމްއެންޔޫގައި މިހާރު ކުރިއަށްދާ މަސްވެރިކަމާ ގުޅޭ ކޯސްތައް ދެން ހިންގާނީ މަސްވެރި ކޮލެޖްގައި ކަމަށް ޝެހެނާޒް ވިދާޅުވިއެވެ.

މަސްވެރިކަމާ ބެހޭ ތައުލީމާ ތަމްރީންދޭ ކޮލެޖުން ޕީއެޗްޑީއާއި ހަމައަށް ކިޔެވުމުގެ މަގު ފަހިވެގެންދާނެކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން މީގެކުރިން ބުނެފައިވެއެވެ. އަދި ރާއްޖެއިން ބޭރުގެ ފަރާތްތަކަށްވެސް އެ ކޮލެޖުން މަތީ ތައުލީމު ހާސިލްކުރެވޭނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published.