މަސްވެރިކަމާއި ގުޅޭ

viber_image_2021-10-10_03-44-21-384

އުނގޫފާރުގައި ފީނަންގޮސް އުޅުނު ޒުވާނަކު މަރުވެއްޖެ

ރ. އުނގޫފާރުގައި ފީނަންގޮސް އުޅުނު ޒުވާނަކު މަރުވެއްޖެއެވެ.

މަރުވެފައި ވަނީ، ރ. އުނގޫފާރ،ު އާބިން، އަލީ މިމްރާހް، 25 އެވެ.

މިއަދު ހަވީރު މިފަދަ ހާދިސާއެއް ހިނގާފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އުނގޫފާރު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު މި ނޫހަށް މައުލޫމާތު ދެއްވި ގޮތުގައި، އެހާދިސާ ހިނގާފައި ވަނީ މިއަދު މެންދުރުފަސްވެ، އަސުރުވާން ކައިރިވެފައި ހުއްޓައެވެ.

ފުލުހުން މި ނޫހަށް ބުނީ، ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ މަރުވެފައިވާ ކަމަށް އުނގޫފާރު ހޮސްޕިޓަލުން މައުލޫމާތު ދިން ކަމަށެވެ.

"އުނގޫފާރުގައި ފީނަން ގޮސް އުޅުނު މީހަކު ގެނބިފައިވާ ކަމަށް މިއަދު ހަވީރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ،" ފުލުހުން މައުލޫމާތު ދިނެވެ.

މީގެ އިތުރުން ފުލުހުން ބުނީ، މިކަމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންތައްތައް ބަލަމުންދާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!